ޔަމަނުގެ ހޫތީ މުޖާހިދުން މިއަދު ހިފި ބޯޓަކީ އިސްރާއީލުގެ މަހުޖަނެއްކަމަށްވާ، އިޔާލް އޯފަރ ގެ ބޯޓެއްކަން ހާމަވެއްޖެއެވެ. އޭނާއަކީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާއެވެ.
އޯފަރގެ ކުންފުނި، ޒޯޑިއެކް މެރިޓައިމަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ބޯޓު އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވާއިރު، އެކުންފުނިން 128 އުޅަނދުގެ ފްލީޓެއް އޮޕަރޭޓުކުރެއެވެ. ޔަމަނުގެ ހޫތީ ސަރުކާރުން ބުނެފައިވަނީ ”ހިފިފައި މިއޮތީ އިސްރާއީލުގެ މަހުޖަނުންގެ ބަލިފައިގައި“ ކަމަށެވެ. އަދި އިސްރާއީލުގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވަމުން އަންނަކަމަށް ހޫތީން ގަބޫލުކުރެއެވެ.
މީގެއިތުރުން، ޔަމަނު ސިފައިން ހަތަރުވަނަ އުޅަނދެއްވެސް އަތުލައިގަނެފައިވާކަމުގެ ރިޕޯޓުތަކެއް ވަނީ ލިބިފައެވެ. އެގޮތުން އަތުލައިގަނެފައިވަނީ އިސްރާއީލުގެ އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ނިސްބަތްވާ ”ސެންޓްރަލް ޕާކް ވެސެލް“ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. އަދި މި ޓޭންކަރުވެސް މިހާރުވަނީ ޔަމަނުގައި ބަނދަރުކުރެވިފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމާއި ދެކޮޅަށް މިހާތަނަށް އަމަލީ ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގައި އިރާނުގެ އެހީތެރިކަން ދީފައިވާ މުޖާހިދުންގެ ޖަމިއްޔާތަކުން އެކަންޏެވެ. އިސްރާއީލާއި ދެކޮޅަށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ޑޮލަރުގެ ގެއްލުން އިސްރާއީލަށް ވަމުން ދިޔުމުގެ އިތުރުން، އިސްރާއީލުގެ މަސްލަހަތު އޮންނަ ބޯޓުތަކުގައި މުދާ އުފުލުމަށްވެސް މީހުން ޖެހިލުންވާނެއެވެ.
2 Responses
އައްސަރިބަހާއިސާބަސް ހޫތީ މުޖާހިދުން މާތްﷲ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށި
އާމީން
އިންސާފުނެތް ދުނިޔެއެއްގައި އިންސާފުން ކަންތައކުރަން އުޅުމަކީ ވައިގެތެރޭގައި ރޮނގު އެޅުންކަހަލަ ކަމެކެވެ. މިޒަމާނުގައި ސުލްހަ ގާއިމްކުރެވޭނީ މަޖްބޫރު ކޮށްގެންނެވެ. ވާހަކަ ދައްކައިގެން އެކަމެއް ނުވާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެފަހުން ވާހަކަ ދައްކައިގެން ސުލްހަ ގާއިމް ކުރެވުނު އެއްވެސް ތަނެއް ނެތެވެ. ތައިވާނާ ޗައިނާ އުތުރު ސޫދާނާއި ސޫދާނު އިންޑިއާއާއި ކަޝްމީރު މިސާލެއްގެގޮތުގައި ފާހަގަ ކޮށްބަލާށެވެ.