ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރު ދެ ދުވަހަށް މެދުކަނޑާލުމަށް ނިންމައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތައް މެދުކަނޑާލުމަށް ނިންމި ނިންމުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވުމާއެކު، އިތުރު ދެދުވަހަށް ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ހަމާސްއާއި އިސްރާއީލުން ނިންމައިފިއެވެ.

އަދި ހަމަލާތައް ހުއްޓިފައި އޮތް ކޮންމެ ދުވަހެއްގައިވެސް އިސްރާއީލުގެ ހައްޔަރުގައި ތިބި ފަލަސްޠީނު ރައްޔިތުންނާއި، ހަމާސްއިން ބަންދުކުރި އަސީރުންގެ ތެރެއިން ބަޔަކު ވަނީ މިނިވަންކޮށްފައެވެ. އެގޮތުން، އިސްރާއީލުން ޝަރުތުކުރީ ހަމާސްއިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި ހަމަލާދިނުން އިތުރު އެއްދުވަހަށް ލަސްކުރާނެކަމަށެވެ. އަދި ހަމާސްއިންވެސް ވަނީ ހަމަލާ ބަދަލުކުރުން ލަސްކުރުމަށް އެއްބަސްވެފައެވެ.

އެތައް ހަފްތާއެއް ވާންދެން ޣައްޒާއަށް ހަމަލާދިނުމަށްފަހު، ވަގުތީގޮތުން ހަނގުރާމަ މެދުކަނޑާލާފައިވަނީ ހުކުރު ދުވަހުގައެވެ. ހަމާސްއާއި އިސްރާއީލާއި ދެމެދު މަޝްވަރާތަކަށް ހުޅުވާލެވުނީ އެމެރިކާއާއި، ޤަތަރު އަދި މިޞްރުގެ އެހީތެރިކަމާއެކުގައެވެ. ހަ ދުވަހުގެ ވަގުތީ މެދުކެނޑުމެއް ގެނައި ނަމަވެސް، އިސްރާއީލުން އަދިވެސް ބުނަމުންދަނީ ހަމާސްގެ އަސްކަރީ ހަރަކާތްތައް ނައްތާލައި، ޣައްޒާގެ މައްޗަށް ހަމާސްއިން ކުރަމުން އަންނަ 16 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނާނެކަމަށެވެ. އެ މަސައްކަތަކީ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލާއި ދެކޮޅަށް

މުޖާހިދީން ދިން ހަމަލާގެ ބަދަލުގައި އިސްރާއީލުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެގައުމުން ބުނެއެވެ. އެހެންކަމުން، މާހިރުން ލަފާކުރަނީ، އިސްރާއީލުން ތައްޔާރުވަމުން އަންނަނީ ޣައްޒާގެ އުތުރުން ދެކުނަށް އެމީހުންގެ ގްރައުންޑް އޮޕަރޭޝަން ވަރުދަގަކުރުމަށް ކަމަށެވެ. ޣައްޒާގެ އުތުރުގައި އުޅުނު އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ އެކުވެރި ދައުލަތުގެ ކޭމްޕުތަކަށް ބަދަލުވެފައެވެ. ޣައްޒާއަށް ވައްދަމުން ގެންދާ އިންސާނީ އެހީއާއި އެކުވެސް، ގެދޮރު ގެއްލިފައިތިބި ފަލަސްޠީނު ރައްޔިތުން ދެކެމުން އަންނަނީ ހިތްދަކި ދުވަސްތަކެކެވެ. އަދި ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް