ރައީސް ޔާމީނުގެ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަދީފައި ވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީނަށެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާގޮތުން ޕާޓީއެއް ރަޖިސްޓްރީކުރާ ޖަލްސާ ބާއްވަން ހުއްދަދޭނީ އެ ޕާޓީއަކަށް މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅުމުންނެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޕީއެންއެފްއަށް ވެސް  މެމްބަރުން ހޯދުމުގެ މަސައްކަތް އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ފަށާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އުފެދުނު ހިޔާލު ތަފާތުވުން ތަކެއްގައި ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް