އެއްފަރާތުގައި ކަޅު ފައިސާގެ ބާރު، އަނެއްފަރާތުގައި ރައްޔިތުންގެ ބާރު

Loading

Facebook
Twitter
WhatsApp

އަންނަން އޮތް ޖީލުތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިއުޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ހުށައެޅި ސްކީމްއަށް އަމަލުނުކުރަން އެގައުމުގެ އިންތިޚާބީ ސަރުކާރުން ނިންމައިފިއެވެ.

ފަހުން ހޮވުނު ކޯލިޝަން ސަރުކާރުން ނޫނެކޭ ބުނި ގާނޫނު ތަސްދީގުކޮށް އަމަލުކުރެވެން ފެށިއްޖެނަމަ 2008 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ހުރިހާ ކުދީން ސިގިރޭޓު ގަތުން މަނާވާނެއެވެ. އަދި 2027 ވަނަ އަހަރު އަންނަންވާއިރަށް ސިގިރޭޓު ގަނެވޭ ގާނޫނީ އުމުރު އުވާލެވޭނެއެވެ.

ކުޑަކުދިންނަށް ދުޅަހެޔޮ ތިމާވެއްޓެއްގައި ބޮޑެތިވުމުގެ ހައްޤު ކަށަވަރުކޮށްދިނުމަކީ އާޑަންގެ ސަރުކާރުން ބޮޑު އިސްކަމެއްދިން ކަމަކަށްވާއިރު، ސިގިރެޓުގެ ދުމުން ކުޑަކުދީންނަށް ކުރާ ނޭދެވޭ އަސަރުން ދުރުކުރުމަށް އޭނާ މަސައްކަތްކުރިއެވެ. 2008 ވަނަ އަހަރަށްފަހު އުފަންވާ ކުދީންނަށް ސިގިރެޓު ވިއްކުން މަނާކުރުމަށް އޭނާ ނިންމީ އެސަބަބަށްޓަކައެވެ. އެގޮތުން، ދެން އަންނަށް އޮތް ޖީލާއި، އެމީހުންގެ ދަރީން އުފަންވާނީ ސިގިރެޓު ދުމުން މިންޖުވެފައި އޮތް ވެއްޓަކަށެވެ. ޖަސިންޑާ އާޑަންއަކީ ނިއުޒީލެންޑުގެ ތާރީޚުގައި އެންމެ މަޝްހޫރު ވެރިޔާކަމުގައި ވާއިރު، އޭނާއަކީ ގިނަ ރައްޔިތުންގެ ލޯބި ލިބުނު އަދި އެހެން ސިޔާސީ ވެރީންނަށް ބަލިކުރަން އުނދަގޫވި ޝަހްސިއްޔަތެކެވެ.

އެހެންނަމަވެސް، ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކުގެ މޫނުމަތީގައި ގައުމު ސާބިތުވެ ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށްފަހު، އޭނާ މަގާމު ދޫކޮށްލާފައިވަނީ އެހެން މީހަކަށް ފުރުސަތު ދިނުމަށްޓަކައެވެ.  އެހެންނަމަވެސް ނަސީބު ކަންދިމާކުރި ގޮތުން، ހަރުކަށި ކަނާއަތުގެ ޕާޓީތަކުން ކޯލިޝަނެއް އެކުލަވާލައި، ވެރިކަމުގެ ބާރާއި ހަވާލުވީއެވެ. އަދި އެމީހުން ވެރިކަން ކާމިޔާބުކުރީ ބޮޑެތި މަހުޖަނު ކުންފުނިތަކުގެ މާލީ އެހީތެރިކަމާއި އެކުގައެވެ. މީގެތެރޭގައި ސިގިރެޓު އުފައްދާ ބޮޑެތި ކުންފުނިތައް ވެސް ހިމެނެއެވެ.

ވެރިކަން ލިބިއްޖެނަމަ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އަޑު އިއްވައިދޭނެކަމަށް ބުނެ މި ކޯލިޝަނުން ވެރިކަމަށް އައިނަމަވެސް، ބާރު ލިބުމާއެކު ސަރުކާރާއި ހަވާލުވި ފަރާތްތަކުން ކުރިއަށް ނެރުނީ އެމީހުން ވެރިކަމަށް އައުމަށް ފަނޑުކުރި ކުންފުނިތަކުގެ މަސްލަހަތެވެ. ވޯޓުލީ ރައްޔިތުންގެ މަސްލަހަތު އޮތީ އޭގެ ފަހަތުގައެވެ. ވީމާ، ނިއުޒީލެންޑު ފަދަ ގައުމެއްގައިވެސް މުސްތަގުބަލުގެ ޖީލުތަކުގެ ދުޅަހެޔޮކަމާއި ސިއްހަތަށްވުރެ، ބޮޑެތި ކުންފުނިތަކުން ހޭދަކުރާ ކަޅު ފައިސާގެ ބާރުން އެކުންފުތަކުގެ މަސްލަހަތަށް މާބޮޑު އިސްކަމެއް ދޭތަން މިއަންނަނީ ފެންނަމުންނެވެ. 

Loading

4 Responses

  1. މި ރާއްޖޭގައި ވޯޓުހޯދަން އާދޭސްކުރާ ދުވަސްވަރުގައި މެނުވީ އެއްވެސް އިރެއްގައި ރައްޔިތުންގެ ބާރެއް ނޯވެއެވެ. މިހާރަކަށް އައިސް ވޯޓު ހޯދަންވެސް ބޭނުން ކުރަނީ ކަޅުފައިސާއެވެ. އެހެންވީމާ ބާރުގަދައީ ކޮން އެއްޗެއް ކަމާމެދު ސުވާލެއްވެސް ނުއުފެދެއެވެ

  2. ތިހެން މިހާރު ހަމަ ހުރިހާ ގައުމެއްގައިވެސް ތިކަން އޮތީ ތިޔަގޮތަށެވެ. އެހެނީ ކެމްޕޭނަކަށް 30 މިލޔަން ޑޮލަރު ރާއްޖޭގައިވެސް ބޭނުންވެއެވެ. ރައްޔަތުން ހެޔޮނިޔަތުގައި ގިނަ ބަޔަކު ވޯޓް ދިން ނަމަވެސް އެކުރަން ޖެހޭ ޚަރަދުތައް ފޫ ބައްދަނީ ބޮޑެތި ވިޔާފަރިވެރީންނެވެ. އެމީހުން ޙަލާލެއް ޙަރާމެއް ނުބަލާ ހޯދައިފާ ހުންނަ ފައިސާތަކުން ހޮވޭ ނުވަތަ ހޮވުނު ރައީސަކަށް ތަޅާލައެވެ. ދެން އެ ބޮޑެތި ވިޔާފާރިވެތީންގެ މަސްލަޙަތު އިސްކކުރަން ޖެހެނީއެވެ. އެހެންވެ މިހާރު ޕާޓީ ޕްރައިމަރީއަކަށްވެސް މިލިޔަނެއްހާ ޑޮލަރު ބޭނުންވެޔޯއެވެ؟ އެއީ އެތަނެއްގަތިބި ވޯޓާރސް ގަތުމަށެވެ. އެހެންވީމާ ދެންހަމަ އެންމެ ރަނަގޅުވާނީ ހެޔޮވެރިކަމޭ ދީނެ ރައްޔަތުންނޭ ނުގޮވާ ވެރިކަން ލިބޭ މީހަކު އޭނަގެ ވެރިކަން ދެމެހެއްޓުމަށް ހަދާނެއެއްޗެއް ހަދައިގެން މަސައްކަތް ކުރުމެވެ. އެހެޔޮ ޑްރަގް ގޭންގުތަކުގެ ވެރީން ދައުލަތުގެ މުއައްސަސާތަކަށް ވެރީންނަށް ލައިގެން ނަމަވެސް. އަދި ގިނައިން ސަނާކިޔާ ވައި އަޅުވާ މީހަކަށް ބަޔަކަށްވެސް މޮޅުވާނެގޮތް ހަދައިދޭނެއެވެ. އިންސާފޭވެސް ނުކުޔަމާހެއްޔެވެ!

  3. އެމީހެއްގެ ރޮނޑު ހަންދަމާނެ ގޮތެއް އެނގޭނީ އެމީހަކަށެވެ. މުސްކުޅިން ބުނެއުޅޭ ހަރު ބަހެކެވެ.

  4. އެންމެންވެސް ފައިސާގެ އަޅުންނަށްވީމާ ދެން ހެދެނެ މާބޮދު ގޮތެއް ނޯންނާނެއެވެ. ވަރަށް ދެރައެވެ. އަބަދުވެސް ވެރިކަން ބޭނުންވާ ފަރާތްތަކުން ޕޯޑިއަމް ތަކުގައި ވާހަކަ ދައްކާނީ ނޫނީ ފެލޭނީ އެތަނަށް އެއްވެތިބި ރައްޔަތުން ފޫލް ކުރުމަށެވެ. ދެން ކްރައުޑު ކައްކުވާފަ ގެޔަށްގޮސް ހޭނީ އެވެ. ރައްޔަތުންނަށް އެއްވެސް ގަދަރެއް އަފަދަ ގިނަ މީހުންގެ ކިބައިން ނުފެނެއެވެ. ނުވެސް ފެންނާނެއެވެ. ރާއްޖޭގެ ޙާލަތަކީވެސް ހަމަ މިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް