މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ނައިބުންގެ ގޮތުގައި 26 ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު 13 މިނިސްޓްރީއެއްގެ ނައިބުގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑަށް އައްޔަންކުރެއްވީ ޞާލިޙް ޙުސައިން,
ޢާއިޝަތު ޝަހުދާ, މުޙައްމަދު ޢައިޝް އަދި އަޙްމަދު ސާލިމް ސަޢީދެވެ.

މިނިސްޓްރީ އޮފް ޓޫރިޒަަމަަށް އިބްރާހީމް ޔޫސުފްފުޅާއި
މުޙައްމަދު ޔާމީން އަޙްމަދު އައްޔަންކުރެއްވިއިރު, މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް އައްޔަންކުރެއްވީ އަޙްމަދު ޝާފިޢު އަދި ޙައްމާދު ޢަބްދުލްކަރީމެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޙައްވާ ލަޠީފާއި ހިސާން ޢަލީ އަޙްސަން އައްޔަންކުރެއްވިއިރު, މިނިސްޓްރީ އޮފް އެޑިޔުކޭޝަަށް ސުލްޠާން ރާމިޒް އަދި މިނިސްޓްރީ އޮފް ފިނޭންސަށް ވަނީ
އަޙްމަދު ސާއިދު މުޞްތަފާ އައްޔަން ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް
ޙައްސާނު ޙަމީދު, މުޙައްމަދު ރިޝްމީ, އަޙްމަދު ޢާލީ އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަަނަށް
ޙުސައިން ޝިފާޒް, ޢާއިޝަތު ނާޡިމާ, ފާޠިމަތު ފަޒުލާ ރަޝީދު
އާމިނަތު ޝަޖަން ވަނީ އައްޔަން ކުރައްވައިފައެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މަލްޝާ ޝަރީފާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރަށް
މުޙައްމަދު ޢިމްރާން ޙަސަނާއި ފާޠިމަތު އިފާޝާއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް އާމިނަތު ނަދާ މުޙައްމަދާއި ޛޫޝާން ކަމާލުއްދީނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް މުޙައްމަދު ޢަވާދު އަޔާޟާއ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ޙައްސާނު މުޙައްމަދު ވަނީ އައްޔަން ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް