''އޮފީސް ފޯ ސިވިލް ރައިޓްސް'' ގެ ވެރިއަކަށް ފައެނާ ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ މަސައްކަތްތައް ކުރުމަށް ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އުފެއްދެވި “އޮފީސް ފޯ ސިވިލް ރައިޓްސް“ ގެ ވެރިއަކަށް ވަގުތީ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒް ހަމަޖައްސައިފިއެވެ.

“އޮފީސް ފޯ ސިވިލް ރައިޓްސް“ ގެ ވެރިއަކަށް ވަގުތީ ގޮތުން ފައެނާ ހަމަޖެއްސިކަން ބަންޑާރަނައިބުގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ބަންޑާރަނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާކަން ކުރައްވަމުން ގެންދަވާ ފައެނާ ބަންޑާރަނައިބު އޮފީހާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 12 ގައެވެ. ބަންޑާރަނައިބު އޮފީހުގައި އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި ސްޓޭޓް އެޓާނީގެ މަގާމާއި ސީނިއަރ ސްޓޭޓް އެޓާނީކަން ހިމެނެއެވެ.

މަދަނީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި މަދަނީ ހައްގުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން މީހުންކުރާ ޝަކުވާތައް ސަރުކާރަށް ހުށަހަޅާނެ ރަސްމީ ނިޒާމެއް ގާއިމުކޮށް އެ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް މުޢިއްޒު “އޮފީސް ފޯ ސިވިލް ރައިޓްސް“ އުފެއްދެވީ މި މަހުގެ 17 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް