ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާ ދިނީ ސަބަބެއް ނެތި ނޫންކަމުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.
އެހެންވިދާޅުވުމުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޓެރަރިޒަމަށް ހިތްވަރުދެނީ ކަމަށްބުނެ އިސްރާއީލުން ރަތަށް އަރައިފިއެވެ. ގުޓަރެސް ވިދާޅުވީ ޙަމާސްގެ ޙަމަލާގައި މަރުވެދިޔަ މީހުންނާމެދު ހިތާމަ ކުރައްވާ ކަމަށާއި އެހެންނަމަވެސް އެޙަމަލާ މެދުވެރިވެފައި ވަނީ ސަބަބެއް ނެތި ނޫންކަމަށެވެ.
ޙަމާސްއިން އެދިން ޙަމަލާއަކީ ހަރުކަށި އަދި ލާއިންސާނީ އަމަލެއް ނޫނެކޭ ނުބުނަމެވެ. މައްސްލާގެ އަސްލަކީބައްގެ ބިން ގަދަބާރުން އަތުލައި އަޅުވެތިކޮށް ބޭނުންވެއްޖެ ކޮންމެހިދެއްގައި އަނިޔާވެރިކަން އިސްކުރާ ކުރުމެވެ. އަދި މިހާރު އިސްރާޢީލުން އެއްވެސް އާރެއް ބާރެއްނެތް މުޅި ފަލަސްތީން ބިމާ ހަމަކުރަމުން ގެންދިއުން އެއީއަކީ އިންސާފު ކަމުގައި ބަލާގަނެވިދާނެ ސަބަބެއް ނޫންކަމުގައެވެ.
ފަލަސްތީނުގެ ބިން ފޭރިގަނެގެން އެބިމުގައި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއެކު ނޭވާވެސް ލިޔަ ނުދީ ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ގެދޮރުން ނެރެލައި ވިއްސި ވިހާލިކޮށްލައި އަމާން ކަމާއެކު ދިރިއުޅެވިދާނެ ހުރިހާ މަގެއް ބަންދުކޮށް އެމީހުންގެ ވަޒަނަށް އެނބުރި ދެވިދާނެކަމުގެ އުންމީދުވެސް ނެތިގެން ދާތަން ބަލަން ތިބޭތާ 56 އަހަރު ވެގެން ދިޔައީއެވެ.
މިއީ އެއްވެސް ހަމަޔަކުން ބަލާއިރު އިންސާފު ކަމުގައެއް ނުބުނެވޭނެއެވެ. ސެކިއުރިޓީ ޖެނެރަލް ވާހަކައިގާ ވިދާޅުވިއެވެ.
ސެކިއުރިޓީ ޖެނެރަލްގެ އެންޓޯނިއޯ ގުޓަރެސްގެ މިވާހަކަފުޅާމެދު އިސްރާއީލުގެ ސަފީރު ގިލާޑް އެރްޑަން އައި ރުޅީގައި ސެކިއުރިޓީ ޖެނެރަލް އަށް ލައުނަތްދީ އެމަނިކުފާނު އިސްތިއުފާ ދެއްވަން ގޮވާލިވިއެވެ. އަދި އާރމީ ރޭޑިއޯގައި ވާހަކަ ދައްކަމުން އ. ދ. ގެ އޮފިޝަލުންނަށް އިސްރާއީލަށް ދިއުމުގެ ހުއްދަ ނުދެވޭނެކަށާއި މިހާރުވެސް އ. ދ. އަންޑާރ ސެކްރެޓަރީ ޖެނެރަލް ފޯރ ހިއުމަނިޓޭރިއަން އެފެއާރޒް މާރޓިން ގްރިފިން އަށް ވިސާ ނުދޭން ނިންމާފައިވާ ވާނެކަމަށެވެ.
ޙަމާސް އިން ރަހީނުކޮށްފައި ތިބި އިސްރާއީލުގެ ރައްޔިތުން ވަގުތުން މިނިވަންކުރަން ގޮވާލުމުގެ ހިތްވަރު ސެކްރެޓަރީ ޖެނެރަލްގެ ކިބައިގާ ނެތުމުން އ. ދ. ގެ އޮފިޝަލުންނަށް އަހަރެމެން ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭނެ ކަމުގައި ގޮވަމުން ދިއައެވެ.
އ. ދ. ގައި ހުންންވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ އިސްލާމީ އުންމަތް ސެކިއުރިޓީ ޖެނެރަލްގެ ވިދާޅުވުމަށް ޝުކުރު ދަންނަވައި ތާއީދުކުރައްވާ ކަމަށެވެ.
2 Responses
ތިއީ އަކީ ފަލަސްތީނާއި އިޒްރޭލުގެ ހަނގުރާމައެއް ނޫނެވެ. ތިއީ އެމެރިކާ މެދުއިރުމަތި އަޅުވެތިކޮށްފަ ބާއްވަން އެމީހުންގެ ގޮނޑިކޮއްކޮ އިސްރޭލު ލައްވާ ތޮޅުވާ ތޮޅުމެކެވެ.. އެހެނީ ފަލަސްތީނުގެ ބިންތައް މިނިވަންކުރަން ޔޫ.އެން. ގައި ނެގިފާސްވާ ކޮންމެ ރެޒޮލޫޝަން އަކަށް އެމެރިކާ ދެކޮޅުހަދާނެއެވެ. އެންމެނާ ތޮޅެން ފަނާކުރަނިވި ހަތިޔާރާއި ފައިސާ އާއި އިންޓެލިޖެސް އިޒްރޭލަށް ދެނީވެސް އެމެރިކާއިން ނޫންތޯއެވެ؟ ވީމާ އަސްލު އިބިލީހަކީ އެމެރިކާއެވެ
ތި ޔޫ.އެން. އަކީ ބޭނުންނެތް ތަނެކެވެ. ގަދަބާރު ހުރި މީހާ ބުލީކޮށްލީމަ ދެން އެނިމުނީއެވެ. ނިކަމެތި ގައުމުތަކުން ޔޫ. އެން. ބުނާގޮތް ހަދަން ޖެހެއެވެ. ނޫނީ އެމެރިކާ އާއި އެކިޔާ ނޭޓޯ ކޯލިޝަނުން އެ ގައުމެއް ފުނޑާލާނެއެވެ. ބަލާލަބަލަ އިރާގަށް ހަދާލިގޮތް. އެއޮށް މުއްސަދި އިސްލާމީ ޙަލޯރާ ފުޑާލާ 2 މިލިއަން މީހުން މަރާލިއެވެ. އެވެސް މުޅީން ދޮގުގެ މައްޗަށް ދޮގުހަދާ ދޮގުހެކި އުފައްދައިގެނެވެ.