ވަކި މީހަކަށްވުރެ ގައުުމު މާ ބޮޑު, ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް: ޢަބްދުއްރަޙީމް

Loading

Facebook
Twitter
WhatsApp

މި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ސާބިތުވެ ކަމަށާއި ފަސް އެނބުރި ބެލުމެއްނެތި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނިކޮށް އަދުރޭ ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ.މުޢިއްޒާއެކު ފިސާރި ސާބިތުކަމާއެކު ތިއްބަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ.

“ފަސް އެނބުރި ބެލުމެއްނެތި އަޅުގަނޑުމެން ދާނީ ކުރިއަށް“ އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުން ދިވެހި ރައްޔިތުން ރައީސް ޑރ.މުޢިއްޒާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އަދި ކޮންމެ މީހަކަށްވުރެ މި ގައުުމު މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް