ސ.ހިތަދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

Loading

Facebook
Twitter
WhatsApp

ސ. ހިތަދޫ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ނޮވެމްބަރު 19 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އޭނާ ހޯދުމުގެ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންނެވެ.

ފުލުހުން ބުނީ ނޮވެމްބަރު 16 ވަނަ ދުވަހު އައިޝަތު ވިސާމާ މާލެ ގޮސްފައިވާ ކަމަށާއި އެންމެ ފަހުން އޭނާގެ ޚަބަރެއްވެފައި ވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފޯނުން ކަމަށެވެ.

މީގެ އިތުރުން އައިޝަތު ވިސާމާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް