ޕީސީބީއަށް އިތުރު މެންބަރަކު އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އިތުރު މެންބަރަކު އިއްޔެ އައްޔަން ކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް އިއްޔެ އައްޔަން ކުރެއްވީ މީގެކުރިން މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރެވެ.

ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މީގެކުރިން ވަނީ ޕީސީބީއަށް ޙަމްދީ ޢަޤީލް (ރައީސް) އާއި ޙަސަން މުޣުނީއާއި އަޙްމަދު މުޝްތާޤާއި ލީނާ ޢަބްދުލްޖަލީލާއި މޫސާ ފަތުޙީ އާދަމް އައްޔަން ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް