އާބަންކޯގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

Loading

November 23, 2023
profile
Facebook
Twitter
WhatsApp

އާބަންކޯއިން ދެމުންދާ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން ފަށައިފިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ. ނަމަވެސް މި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ވެސް ދެމުން ގެންދާނީ މާލެ ސިޓީ ކައުންސިލުންނެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މިކަން މިގޮތައް ނިންމަވައިފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް