އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ބިގޭ

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކޮށްފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.

އެގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު ހޮވުމަށް މިއަދު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ކަމަށް ވާދަކުރައްވާ އެންމެ ގިނަ ވޯޓު ހޯއްދެވި ބިގޭއަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ.

މީގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމްއަށް ލިބިވަޑައިގަތީ އެންމެ ދެ ވޯޓެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ސައްހަ ވޯޓުގެ އަދަދަކީ 50 ވޯޓެވެ. އަދި ބާތިލް ވޯޓުގެ އަދަދަކީ 1 އެވެ. ޖުމްލަ ވޯޓުގެ އަދަދަކީ 51 އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ބިގޭ އިންތިޚާބުވެފައި ވާއިރު އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް މިހާރު ވަނީ ހުސްވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް