ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ޕީޕީއެމްއިން މަލީހް ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާފައިވާކަމަށް ބުނެ,
ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަސްޕެންޑްކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމު ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރާކަން ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް އެކުލަވާލައްވައި ޕާޓީގެ ނަމުގައި ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެހެންވެ ޕާޓީގެ ހަރަކާތްތަކުން މަލީހް ސަސްޕެންޑްކޮށް, އޭނާގެ މައްސަލަ ބެލުމަށް ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި މައްސަލަ ނިމެންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން ވަނީ އަންގާފައެވެ.

ނަމަވެސް ކޮމިޓީ އެކުލަވައިލެއްވީ ޕާޓީގެ ރައީސް ޔާމީން ކަމަށާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޔާމީންގެ މެސެޖުތައް ދެެއްވުމަށް ކަމަށް މަލީޙް ވިދާޅުވެފައިވެއެވެ.

މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށެވެ.

“ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލައި ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް.“ އޭނާ ވިދާޅުވެފައިވެއެވެ.

Loading

One Response

  1. ތިކަމާ ރައީސް ޔާމީނު ކީކޭ ވިދާޅުވީ. އަދުރޭއާއި ޔާމީނު ޖެހިބާރުވީދޯ. އަދުރޭ ވިދާޅުވެފައިވަނީ ތަކުރާރުކޮށް އޭ ޓު ޒެޑް ރައީސް ޔާމީނޭ. ޔާމީނޭ! ކޮބާ ކިހާވަރެއް ހީވި. އިބޫ ޢައި އަންނިގެ ހަޔާތައްވުރެ ހަޑިކޮށް ނިމޭނެ ކަމަށް ބެލެވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް