ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި, އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު (20-11-2023) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގ. އަތަ, ޔޫސުފް މާނިޢު މުޙައްމަދެވެ.
މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި މާނިޢު ވަނީ ކަސްޓަމްސް އޮފިސަރުންގެ ހުވައި ކުރައްވައިފައެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
މީގެއިތުރުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި ވަނީ އައްޔަނު ކުރައްވާފައެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ވަނީ އައްޔަނުކުރައްވާފައެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ފަހުމީ ޙަސަނާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމަށް އިބްރާހީމް ޢާމިރާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަލްއުސްތާޒާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމާއި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ޙަސަން ޒަރީރެވެ.
މި މަހުގެ 19 ވަނަ ދުވަހު އައްޔަންކުރެއްވި ބޭފުޅުން:
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް (މިނިސްޓަރު ފެންވަރުގައި).
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް (މިނިސްޓަރު ފެންވަރުގައި).
ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ.ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން (ސްޓޭޓް މިނިސްޓަރު ފެންވަރުގައި).
ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މއ.ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތު (ސްޓޭޓް މިނިސްޓަރު ފެންވަރުގައި).
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު (ސްޓޭޓް މިނިސްޓަރު ފެންވަރުގައި).
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މ.ލައިޓްކޯނަރ-4 ޑޮކްޓަރު މަޙްމޫދު ޝައުޤީ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމަށް، މ.އެމޭޒަން ޑޮކްޓަރު ޢާއިޝަތު ޝެހެނާޒު އާދަމް.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް މ.ހިތިމާގެ ޑޮކްޓަރު ޢަލީ ޒާހިރު.
މި މަހުގެ 17 ވަނަ ދުވަހު އައްޔަންކުރެއްވި ބޭފުޅުން:
ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ޢަބްދުއްރަޙީމް ޢަބްދުﷲ.
ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުﷲ ފަޔާޟް.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމަށް ޢަލީ ޢާރިފް.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢަބްދުﷲ ނާޞިރު.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އާދަމް ރަމީޒް.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށް އިބްރާހީމް ޚަލީލް.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒްގެ މަގާމަށް އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސްގެ މަގާމަށް މުޙައްމަދު ނަޞީރު.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމަށް އަޙްމަދު ޢަލީ ޙަބީބް.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓްގެ މަގާމަށް މުޙައްމަދު ޝާހިދު.
ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސްގެ މަގާމަށް ޙުސައިން ޢާމިރު.
ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފް.
ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް ޑޮކްޓަރ ޢާއިޝަތު އިކްރާމް.
ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމަށް މުޙައްމަދު ޢަލީ ޖަނާޙް (އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާ ގޮތަށް).
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ މަގާމަށް މުޙައްމަދު ޚަލީލް (އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާ ގޮތަށް).
.މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރު ޢަލީ ނަޞީރު މުޙައްމަދު.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް (ސްޓޭޓް މިނިސްޓަރު ފެންވަރުގައި).
ނޯޓް: ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައި