ލިއެކިއުންނެތި އިންޑިއާގެގިނަ ރައްޔިތުން ތަކެއް ފައިމަގުގައި އެމެރިކާއަށް

Loading

Facebook
Twitter
WhatsApp

ޔޫ. އެސް. ބޯރޑަރ އެންޑް ކަސްޓަމްސްއާ ޙަވާލާދީ ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ލިއެކިއުންތައް ނެތި ފައިމަގުގައި އިންޑިއާގެ ގިނަ ރައްޔިތުންތަކެއް އެމެރިކާގެ ބޯޑަރ ހުރަސްކުރަމުން ގެންދިއުމަކީ ކީއްވެގެން އުފެދިގެންއުޅޭ މައްސަލައެއްތޯ ސުވާލު އުފެދިއްޖެއެވެ.

މީގެ ކުރިން ކޮންމެވެސް ވަރަކަށް ހިފޭއްޓިފާ އޮތް މިކަންތައް މިހާރު ބޮއްސުންލައިގެން ހިނގައްޖެ ކަމަށް އެ ޚަބަރުތައް ބުނެއެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރު ސެޕްޓެމްބަރ މަހާއި ހަމަޔަށް ގާތްގަނޑަކަށް އެއްލައްކަ އިންޑިއާ މީހުން އެއްވެސް ލިއެކިއުމެއްނެތި ބޯޑަރ ހުރަސްކޮށް އެމެރިކާއަށް އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ.  

މިއީ 2019 އިން 2020 އަށް އަޅާބަލާއިރު ފަސްގުނަ އިތުރުވުމެކެވެ. އެ މުއްދަތުގައި އެމެރިކާއަށް އެތެރެ ވުމަށް މަސައްކަތް ކޮށްފައިވަނީ ހަމައެކަނި ވިއްސަކަށް ހާސް މީހުންނެވެ. ތަޖްރިބާ ކާރުން ބުނަމުން ގެންދާ ގޮތުގައި މިކަމުގައި ބައިވަރު ސަބަބު ތަކެއް އެބަހުއްޓެވެ.

އޭގެ ތެރޭގައި ބައިމަދު ޖަމާއަތްތަކާއި ދޭތެރޭ އިންޑިއާ ސަރުކާރުން ގެންގުޅޭ ނާއިންސާފާއި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އޭގެކުރިން ކުރަމުންއައި މަސައްކަތް ބަނގުރޫޓު ވުމާއި އިންސާނުންގެ ވަގުވިޔަފާރި ކުރުން ފަދަ އެތައްކަމެއް ގުނިގެން ހިނގައިދާނއެވެ.

އެއްވެސް ލިއެކިއުމެއްނެތި އެމެރިކާއަށް އެތެރެވަމުންދާ އިންޑިއާގެ ރައްޔިތުންގެ އަދަދު އިތުރުވާން ފަށާފައިވަނީ ކޯވިޑްގެ ބަލިމަޑުކަމަށްފަހު ބޯޑަރ ހުޅުވާލުމުންނެވެ. 2021 ވަނައަހަރު އެކާވީސް ހާސް މީހުން ރެކޯޑް ކުރެވިފައިވާއިރު 2022 ގައި އެ އަދަދު ވަނީ ފަސްދޮޅަސް ހަތަރު ހާހަށް އަރާފައެވެ. އަދި 2022 ވަނައަހަރު ނުވަދިހަ ހަތްހާސް ހުރަސް ކޮށްފައެވެ. އޭގެތެރެއިން ބައެއްމީހުން އައިސްފައިވަނީ ކެނެޑާގެ ބޯޑަރުންނެވެ. އަނެއްބަޔަކު ދެކުނުގެ ބޯޑަރުންނެވެ.

ދެކުނުގެ ބޯޑަރަކީ އެންމެ ގިނަމީހުން ފަސޭހައިން ކުއްލިއަކަށް އެމެރިކާއަށް އެތެރެވުމަށް ބޭނުންކުރަމުން އަންނަ ސަރަހައްދެވެ. މައިގްރޭޝަން ޕޮލިސީ އިންސްޓިޓިއުޓުގެ ނިއު ޔޯރކް އޮފީހުގެ ޑިރެކްޓަރ މުޒައްފަރ ޗިސްތީބުނެފައިވަނީ ދެކުނު ބޯޑަރުން އެއްވެސް ހުރަހެއްނެތި އެމެރިކާއަށް ވަދެވޭނެކަން އެނގޭއިރު ވިޒިޓް ވިސާއެއް ހޯދަން ނިއުދިއްލީގައި ދުވަސްތައް ހޭދަކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

އަނެއްކޮޅުން ކެނެޑާއާއި އެމެރިކާ ބޯޑަރ އެއޮތީ އެތައް މޭލަކަށް ފެތުރިފައެވެ. އެތަނުގައިވެސް އެކަށީގެން މިންވަރަކާ ގާތަށްވެސް ފާރަވެރިންނެއް ނުތިބޭ ކަމަށް ސެންޑިއާގޯގެ ޔުނިވަރސިޓީ އޮފް ކެލިފޯރނިޔާގެ އެސިސްޓެންޓް ޕްރޮފެސަރ ގައުރަވް ކަންނާ ބުނެފައިވެއެވެ. 

މިކަންތައް ކޮށްދޭ އޭޖެންޓުންގެ އިންތިޒާމްތަކަށް ބަލާއިރު ފެންނަނީ ތަފާތު ގޮތްގޮތަށް ދަތުރުތައް ރާވަމުން ގެންދާތަނެވެ. ބައެއްފަހަރު އެފްރިކާމަގުން އަނެއްބައި ފަހަރު އަރަބި ރަށްތަކުގެ ތެރެއިން އަނެއްބައިފަހަރު ދެކުނު އެމެރިކާއާއި މެކްސިކޯވެސް ބޭނުން ކޮށްފާހުރެއެވެ. 

މިކަހަލަ ދަތި އުދަނގޫތައް އުފުލުމާއެކު އެމެރިކާއަށް އެތެރެވެވޭ ހިސާބުން ބައެއްފަހަރު އަނބުރާ ފޮނުވާލުމާ އަދި އެއަށްވުރެންވެސް ހިތާމަވެރި ގޮތްތައް މެދުވެރިވެފާ އެބަހުއްޓެވެ. ދާދި މިދާކަށް ދުވަހުވެސް އިންޑިއާގެ އާއިލާއެއްގެ ހަތަރުމީހުން ( ކުޑަ 2 ކުދިންނާއިއެކު) ކެނެޑާއާއި އެމެރިކާ ބޯޑަރުން އެނެމެ 13 ވަރަކަށް މީޓަރު ދުރުގައި މަރުވެފައި ތިއްބާވެސް އޮތީ ފެނިފައެވެ. 

މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި އެމެރިކާއަށް އެތެރެވާން މަސައްކަތް ކުރަމުންގެންދާ އިންޑިއާ މީހުންގެ ތެރޭގައި ސިކުންގެ ނަސްލުގެ މީހުން ގިނަކަން ވަނީ ފާހަގަކުރެވިފައެވެ. ކުރުގޮތަކަށް ބުނާނަމަ އެމެރިކާއަށް އެތެރެވުމުގެ ދަތުރަށްޓަކައި އެމީހުންގެ މުޅި އާމްދަނި ނުވަތަ ފުރާނަ ގުރުބާން ކުރަމުންގެންދާ ކަމަށް ބުނެވިދާނެއެވެ.                                      

މުޒައްފަރު ޗިސްތީ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ގާނޫނާއި އަދި ހޯމްލޭންޑް ސެކިއުރިޓީގެ ގަވައިދުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ދަށުން ސިޔާސީ ޙިމާޔަތަށް އެދޭމީހުން އަނބުރާ ފޮނުވާލުމަކީވެސް ގޮންޖެހުންތައް ގިނަ އުނދަގޫ ކަމެކެވެ. 

އެކަން މި ވިޔަފާރިކުރާ އޭޖެންޓުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިސަބަބަށްޓަކައި ވަރަށް މަދުމީހަކު މެނުވީ އަނބުރާ ފޮނުވާލެވޭނެ ގޮތެއް ވެސް ނޯވެއެވެ.                   

އިންޑިއާއިން އެމެރިކާއަށް އެތެރެވުމަށް ވުރެން ޔޫރަޕްގެ ގައުމުތަކަށް އެތެރެވުން މާފަސެހަކަން އޭޖެންޓުންނަށާއި އަދި އެތެރެވާން ބޭނުންވާ މީހާއަށްވެސް އެނގެއެވެ. އެހެންނަމަވެސް ޚާއްސަކޮށް ތަޢުލީމާއި ހުނަރުވެރިންނަށް އެމެރިކާއިން ލިބިދޭ ފުރުސަތުތައް ގިނަވުމާއިއެކު އުނދަގުލާ އެކުގައިނަމަވެސް އެފުރުސަތުގެ ބޭނުންކުރަނީއެވެ.      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް