ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ: ރައީސް

Loading

Facebook
Twitter
WhatsApp

ރާއްޖެއަށްޓަކައި ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.


އާ ގަޑިބުރު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތް ހަގީގަތުގައި އިއްޔެ ފެށިއްޖެ ކަމަށެވެ.

ހެނދުނު ހެނދުނާ އަޅުގަނޑުމެން, ހޮނިހިރު ދުވަހެއްވިޔަސް އަޅުގަނޑު އޮފީހަށްދިޔަގޮތަށް ގެޔަށް އާދެވުނުއިރުގައި ހަގަޑިބައި ވެއްޖެ. ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، މިފަދަ ބޭފުޅުންނާ ބައްދަލުކުރެވުނު.“

އެ ހުރިހާ ބޭފުޅުންވެސް ދެއްވި ޔަގީންކަމަކީ ތިއްބެވީ ރާއްޖެ އެކީގައި ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.


“އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށް. އެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އޮންނާނީ، ގުޅިގެން އެކުވެރިކަމާ އެކީގައި، އެކުއެކީގައި ކުރިއަށްދިޔުމުގެ، މަޝްވަރާކޮށްގެން ކުރިއަށް ދިޔުމުގެ ސިޔާސަތު.“

އެހެންކަމުން ވާހަކަ ނުދެއްކޭނެ ފަރާތެއް ނޯންނާނެ ކަމަށާއި ދިވެހިރާއްޖޭގެ މަސްލަހަތު އިސްކޮށްގެން، ރާއްޖެ އިސްކޮށްގެން، ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވިސްނުމުގައި ގައުމު ހިމާޔަތް ކުރުމުގެ ޔަގީންކަން ހާސިލުކުރަމުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި އެކިއެކި ފަރާތްތަކާ މަޝްވަރާކޮށް ކާމިޔާބީ ހޯދަމުންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް