އިންޑިއާ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެއެވެ.

ރައީސްކަމުގެ މަގާމާ އިއްޔެ ހަވަލުވެވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒު މިކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓައޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަދުވަހު އިންޑިއާ ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފަރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިއްމު އެއްކަމަކީ ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް ފޮނުވާލުމެވެ.

“ ދިވެހި ރާއްޖެއަކީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނެތްތަބަކަށް ހަދާނަން. ގައުމީ ހައިސިއްޔަތުން ބަލާއިރު ދިވެހި ގައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވާރު ކޮށްދޭނަން“

ރައީސް މުޢިއްޒު ކެމްޕޭނުގައި ވިދާޅުވަމުން ގެންދެވީ އިންޑިއާސިފައިން ފޮނުވާލާނީ ޑިޕޮލްމަސީގެ އުސޫލުގެ ތެރެއިން ވާހަކަ ދައްކައިގެން ކަމަށެވެ.

ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އިންޑިއާ ސިފައިން ބޭލުމުގެ ވައުދާ އެކު ކަމަށްވާއިރު މަގާމާ ހަވާލު ވެވަޑައިގަތުމަށްފަހު ދެއްވި ތަގުރީރުގައި ވެސް އެވާހަކަ ގެންނެވިއެވެ.

ރައީސް މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އިންޑިއާއާ އެހެން ހުރިހާ ގައުމުތަކަކާ ގުޅިގެން މަސައްކަތް ކުރެއްވި ނަމަވެސް އިސްކުރައްވާނީ ”މޯލްޑިވެސް ފަސްޓް“ ސިޔާސަތު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް