އިޒްރޭލާ ދެކޮޅަށް ”އާމްސް އެމްބާގޯ“ އެއް އިއުލާނުކުރުމަށް ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު ގޮވާލައްވައިފި

Loading

November 16, 2023
profile
Facebook
Twitter
WhatsApp

އިޒްރޭލާއެކު ހަތިޔާރުގެ އެއްވެސް މުއާމަލާތެއް ކުރުން މަނާކޮށް އެމްބާގޯ އިއުލާނުކުރުމަށް ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު، ޔޮލާންޑާ ޑިއޭޒް ގޮވާލައިފިއެވެ.

މިއީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ދެމުން އަންނަ ހަމަލާތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ކަންބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ސްޕެއިންގެ ސަރުކާރަށް ހުށަހަޅާފައިވާ ހުށައެޅުމެކެވެ. 

އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދުތައް އިތުރުވެ، އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަނީ ޤަޠުލުއާންމެއްކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އަދި ޑިއޭޒްފަދަ ލީޑަރުން ހަރުކަށި ފިޔަވަޅުތަކަށް ގޮވައިލަމުން އަންނަނީ މި ސަބަބާ ހުރެއެވެ. 

އިޒްރޭލުގެ މައްޗަށް ޑިޕްލޮމެޓިކް ފިއްތުންތައް އެޅުމަށް ގޮވާލައި، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ސްޕެއިންއިން ގޮވާލާފައިވާއިރު، މިއީ ފަލަސްތީނު އިޒްރޭލް މައްސަލާގައި އަޑުއުފުލަމުންދާ ގައުމުތަކުގެ ލިސްޓަށް އިތުރުވެގެންދިޔަ ނަމެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް