އެފްއޭއެމް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރާ، އަގީލް އާރުޑީސީގެ އިސް މަގާމެއްގައި! ސީދާ މޫކޭގެ ނިންމުމެއް!

Loading

Facebook
Twitter
WhatsApp

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސް މަގާމެއް ފުރުއްވަމުންގެންދަވާ މުހައްމަދު އަގީލަށް އާރްޑީސީގެ ސީނިއާ މެނޭޖަރެއްގެ ވަޒީފާ ދީފިއެވެ.

އަގީލަށް އެ ވަޒީފާ ދީފައިވަނީ މީގެ ތިން މަސް ކުރުންނެވެ.

ސަންދާނަށް އެނގިފައިވާ ގޮތުގައި އަގީލް ވަނީ އާރްޑީސީގެ އެކްޓިން ފައިނޭންސް ކޮންޓްރޯލާގެ މަގާމަށްވެސް މިހާރު ހަމަޖައްސައިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްއާވެސް ގާތް ގުޅުމެއް އޮންނަ އަގީލް މި މަގާމައް ހަމަޖެއްސީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ. އަގީލަކީ އެ ކުންފުނީގެ ސީއެފްއޯ ޔާސިރް ހަސަންގެ ކުލާސް މޭޓެއްވެސް މެއެވެ.

އެނގިފައިވާ ގޮތުގައި އަގީލަށް އާރުޑީސީން ވަޒީފާ ހަމަޖައްސައިދީފައިވަނީ އެމްޑީ މޫސާ އަލި މަނިކް އަދި ސީއެފްއޯ ޔާސިރް ހަސަންއަށް ”ކަޓު“ ލިބޭ ގޮތަށް ވައްދާފި ތިބި ސަޕްލަޔަރުންނަށް ދައްކަންހުރި ފައިސާ ކުރިޔައް އޮތްތާގައި ނެރެން ފަސޭހަކުރުމުގެ ގޮތުންނެވެ.

އަގީލް ވަނީ އެފްއޭއެމްއަށް މިފަހުން ފުލުން ވަދެ އޮޕަރޭސަން ހިންގިއިރު އެތަނުގައި އެފްއޭއެމްގެ މުވައްޒަފެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި މި ހަފްތާގައި އޭސީސީން އާރްޑީސީއަށް ވަން އިރުވެސް އާރްޑީސީގެ މުވައްޒަފެއްގެ ގޮތުގައިވެސް އުޅެފައިވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް