މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބު ޝުޖާއު އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ.
މިއަދުން ފެށިގެން އޭނާ އެ މަގާމުތަކުން އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނަވާނީ ޑެޕިއުޓޯ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޠާހާއެވެ.
ޠާހާ އެ މަސްއޫލިއްޔަތު އަދާކުރައްވާނީ އާ ސަރުކާރުން އެމްޑީއެއްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ދެނެވެ.
އެމްއޭސީއެލް ހިންގުން މަހުޖޫބާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް 18 ގައެވެ.
މި ސަރުކާރުގެ އެންމެ ފަހު ދުވަހާ ހަމައަށް އައިއިރު ހިނގަމުން މިދާ އިންތިގާލީ މަރުހަލާގައި ބައެއް ތަންތަނުގެ ވެރިން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
![]()
