އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތެއް ނެރެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވައި ފޮތުގެ ފުރަތަމަ ކޮޕީ ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމާ ހަވާލު ކުރައްވައިފައެވެ.
ޖުމްލަ 900 ސޮފުހާ ހިމެނޭ މި ފޮތުގައި ވަނީ މިދިޔަ އޮގަސްޓުމަހުގެ 07 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބީ ރައީސް ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމަނައިފައެވެ.
މީގެއިތުރުން ކޮންމެ ރަށަކަށް ވެވަޑައިގެންނެވި ވައުދުތައް ވަކިވަކިން ފެންނާނެހެން ފޮތުގައި ހިމަނާފައިވާއިރު, ވަޑައިގެންނެވި ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތައް ވެސް ވަނީ ހިމަނައިފައެވެ.
ރިޔާސީ ކެމްޕޭނުގައި ޑރ.މުޢިއްޒު 153 ރަށާއި ފަސް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި 205 ފަހަރު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. މި ވާހަކަފުޅުތަކަށް ގާތްގަނޑަކަށް 1913 މިނެޓް ހޭދަކުރައްވާފައިވެއެވެ.
![]()
