އާރްޑީސީގެ ތެރެއިން ހިންގާފައިވާ ފިތްކަނޑައިގެންދާ ވަަރުގެ ކޮރަޕްޝަނެއް! އަޑީގައި ތިބީ ބޮޑުން!

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަގުތައް ހެދުމަށްޓަކައި މި ސަރުކާރުން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިވަނީ ކޮރަޕްޝަންގެ ހާއްޔަކަށްވެފައެވެ. އޭގެ ތެރެއިން އެއް ކަމަކީ މާކެޓްގައި ލިބެން ހުންނަ އަގައް ވުރެ ބޮޑުކޮށް މަހުކުލީގެ ގޮތުގައި ވެހިކަލް ވަނީ ނެގުމެވެ. އަދި އެއިން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އުސްތާޒު މޫސާ އަލި މަނިކު (މޫކޭ) ހިމެނޭހެން އެ ކުންފުނީގެ ބައެއް އިސްވެރިން ނުހައްގު މަންފާ ހޯދުމެވެ.

އާރްޑީސީން ވެހިކަލްގެ ކޮރަޕްޝަން ހިންގާ ގޮތް:

ދުވާލު ކުލީގެ ގޮތުގައި 2000-3500 ރުފިޔާ ދެމެދު ލިބެން ހުނަ އެކްސްކަވޭޓަރް-30 އާރްޑީސީން ނަގަނީ 4800-5500 ރުފިޔާއަށް
ދުވާލު ކުލީގެ ގޮތުގައި 2000-3000 ރުފިޔާ ދެމެދު ލިބެން ހުންނަ ޑަމްޕް ލޮރީ ނަގަނީ 5500-6000 ރުފިޔާއަށް

މި ވެހިކަލްތައް، ބައެއް ކުންފުނިތަކުން 6000–8000 ރުފިޔާއަށްވެސް ވަނީ ނަގައިފައެވެ. އަދި އެފަދަ ވެހިކަލްތައް ކުއްޔަށް ނަގަނީ އޮޕަރޭޓަރުވެސް ނުލައެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި ބާވެހަލާކުވެ ބޭނުން ނުކުރެވޭ ވެހިކަލްވެސް ބޮޑު އަގުގައި އާރްޑީސީން ވަނީ ދުވަހު ކުލީގެ ގޮތުގައި ނަގައިފައެވެ. އަދި މި ވެހިކަލްތައް ނަގާފައިވަނީ ހުކުރު ދުވަސް އަދި ސަރުކާރު ބަންދު (ވެހިކަލް ބޭނުން ނުކުރާ ދުވަސް ތަކަށް)ވެސް ކުލި ހިނގާގޮތަކަށް ކަން، އެނގިފައިވެއެެވެ.

އާރްޑީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި،
ހުސްވި ހަފްތާގައި ވަނީ ވަރަށް ގިނަ ވެހިކަލްތަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންނުކުރާ ވެހިކަލްތަކަށްވެސް ސާވިސް ލޮގު ހޯދުމަށް ވެހިކަލް ލިސްޓު ޕުރޮޖެކްޓް ޑިޕާޓްމެންޓައް ފޮނުވާފައެވެ. އެ ލިސްޓުގެ ކޮޕީއެއް މި ނޫހަށްވެސް ވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުގައި، ސާވިސް ލޮގުތައް ހެދުމަށް، ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ނަދީމްދަނީ މިކަން ކުރުމައް ހުރިހާ މެނޭޖަރުންނަށް އަންގަމުންނެވެ.

އާރްޑީސީގެ މި ބޮޑު ހިޔާނާތް ހިންގަމުންދަނީ، ޕުރޮކިޔުމެންޓް ޖެނެރަލް މެނޭޖަރު ހަސަން ސައީދާއި ސީ.އެފް.އޯ ޔާސިރް ހަސަންއާއި ޕުރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ނަދީމާއި އެމްޑީ މުސާ އަލި މަނިކް ގުޅިގެންނެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކުންތަކަށް ބަލާއިރު ވެހިކަލް ނަގާފައި ވަނީ ކޮންމެ 30 ދުވަހަކުން ޕާޗޭސް އޯޑަރް ފޮނުވާ ގޮތަށެވެ. އޭގެއިން އެނގޭގޮތުގައި ކޮންމެ ތިން މަސް ދުވަހަކުން އައު ވެހިކަލް އެއް ގަންނަ އަގު އެ ވެހިކަލް އާރްޑީސީއަށް ކުއްޔަށް ދޫކުރާ ސަޕްލަޔަރައް ހަމަވެއެވެ. އަދި ބައެއް ކުންފުނިތަކުން 4-7 ދޭތެރޭ އަދަދަކައް ވެހިކަލް ދޫކޮށްފައި ހުންނަކަމަށް އެނގިފައިއެވެ.

އާރްޑީސީގެ މުވައްޒަފަކު ބުނި ގޮތުގައި އެ ކުންފުނިން ސަޕްލަޔަރުންނަށް ފައިސާ ދޫކުރަމުން ދަނީ ސީއެފްއޯ ޔާސިރަށް ބައެއް ދޭ ކުންފުނިތަކަށް އެކަންޏެވެ.

އާރްޑީސީން ހިންގާ ކޮރަޕްޝަންތަކުގެ ސަބަބުން އެ ކުންފުންޏަށް ކްރެޑިޓަށް މުދާ ދޫކުރާނެ ފަރާތެއް މިހާރު އޮތީ ނުވެފައެވެ. އެއާއެކު އެ ކުންފުނީގެ ހިންގުން މިހާރު އޮތީ ހުއްޓިފައެވެ.

Loading

11 Responses

  1. ސީދާ ރައީސް އިބްުރާހިމްގެ ކެމްޕޭނަށް ތީގެން ބޮޑު ބައެއް އޮންނާނީ ޚަރަދު ކޮށްދީފަ. ހަމަ ފެނެކާވެސް އެހެން. ރައީސް އިބުރާހިމްގެ ރާއްޖެތެރޭގެ ހުރިހާ އެމްޑީޕީގެ ދިދަ ޖެހުމާއި ކުޅިސަމާސަ ބޮޑިބަތްގަނޑާއި ފެނެކާގެ ހޮޅިތަކާއި މީހުން ފޮނުވައިގެން ދިދަތައް ޖެހުމާއި ހުރިހާ ޖަރީމާތަކުން ބައި އަޅީއެވެ. ދެން މމޕރސ ގެ ވައްކަން ބަލަނަމޭ ކިޔަފަވެސް އިބުރާހިމް ހެދިގޮތް އެގިނިމުނީނޫން ހެއްޔެވެ. އެކަމުގެ ބޮޑު ވަގުންނަށް ޙިމާޔަތް ދީފާ ވެރިކަން ނިމެން 3 ދުވަހަށްވީމާ އެ މިނިވަންކޮށްލީއެވެ. ރައީސް ސޯލިޙަކީ ގައުމަށް އެންމެ ބޮޑަށް ކީޔާނާތްތެރިވި ރައީސް އެވެ. ވަގު އަދީބުމެން ދޫކޮށްލީ ރައީސް ޔާމީނު އިންދާލަން ދޮގު ހެކި ދިނީތީއެވެ.
    ރައީސް މުއިއްޒު ލައްވާ ތި ވަގުންތައް ހިފާ ހައްޔަރުކޮށް އެމީހުންގެ މުދާ ދައުލަތައް ނަގަން ޖެހޭނެއެވެ.

  2. ސާބަހޭ ސާބަހޭ. އަދާލަތު ޕާޓީގެ އިމްރާނަށްވެސް ތިއިން ބައިއެޅިބާ. އެހެނީ އޭނާ ވަރަށް ފުއްޕާފަ ރައީސް ސޯލިޙްގެ ވެރިކަން އެއީ ރަސޫލް ކުރެއްވިކަހަލަ ތޯހިރު ވެރިކަމެކޭ ގޮވާތީ. ހަމަ އަހާލީއެވެ.

  3. ކުންފުނި ވުޖޫދުވީފަހުން މޫކޭ އަދި އޭނާގެ އެއްބަނޑު ކޮއްކޮގެ ފިރިމީހާ އަދި ރަށަށްބަތްވާ ވަގު ޔާސިރު އަދި ޖީއެމް ހަސަނު ސަޢީދު ނަޑޭ އަބަދު ތިޔަ ވައްކަން ދަނީކުރަމުން. ރާއްޖެއިން ބޭރަށް ވައްކަންކުރަން ވަރަށް ގިނައިންދޭ. ޢާއިލީ މީހުންނަށް ނުހައްގު އެތަށް ޕްރޮމޯޝަނެއް ވަނީ ބަހާފަ

  4. ކޮރޮޕްޝަން ޢާއްމުވެއްޖެ! އެކަންބެލޭނެ ގޮތެއްނެތް.އެއްސަބަބަކީ ޕިޔޯނުން ފެށިގެން ޕީ.އެޗްޑީ ފެންވަރުގެމީހުންބައިވެރިވެގެން ދައުލަތްލޫޓުވަނީ! ކޮންމެސަރުކާރެއް އުފަންވާއިރައް އެބައިމީހުންގެވިއުގައި ސަރުކާރުގެ ތެރެއައް ވަކިހިއްޕާނެ. 1978 ގައި ފެށިވައްކަން (ދައުލަތް ދެވުން) ހުއްޓުމަކައް ގެނެވުނުތަ! އޮޑިޓްއޮފީސް/އޭ.ސީ.ސީ/ މަޖިލީހުގެ ބޭނުމެއްހިފުުނުތަ! ހެޔޮވެރިކަމެއްގެ ފޮނިމީރު ކަމެއް ފަހަރެއްގައި ލިބިދާނެ މިލިޓަރީ ވެރިކަމަކުން! ޕޮޕިއުލޭޝަނެއްގެ %90 ކޮރޮޕްވީމާ އެއްވެސް ވުޒާރާއެއް ސާފެއްނުވާނެ. އެކަން މަޒީންއެބްފެނޭދޯ!

  5. Sarukaarah khidhmaiy kurumah furusath libumun raiyithunge fausaa asi vaseelaiythakah beynunkoh naajaaiz faidhaa negun e ee sarukaareh badhalvumun amalkuranvaanr goiy kamah vaanama e ee musthagubaluge jeeluthakah dhevey ubai message keve.

  6. ދެންހުރިތަންތަން ބަލައިފިއްޔާ ބާކީ ހުރިތަންތަންވެސް ކަނޑައިގެން ހިނގައިދާނެ. ބަލާނެ ކަމެއް ނެތް. ބެލިޔަސް ވާނެކަމެއްވެސް ނެތް.

  7. ހަމަ ސީދާ ސޯލިޙު ރައީސް ސޯލިޙްގެ ބެލުމުގެ ދަށުން ޒީރޯ ޓޮލެރެންސް ތި ހަދާލީއެވެ.!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް