ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
“މިއަދާާ ހަމައަށް އައިއިރު މި ޖުމްހޫރީ ނިޒާމް މިއަދާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ހުރިހާ ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މިހެންގޮސް ގައުމު މި ހިސާބަށް ގެނައުމުގައި ޖުމްހޫރީ ވެރިކަން މި ހިސާބަށް ގެނައުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ހަމަ ދުވަހުގެ ތަހުނިޔާއާއި ޝުކުރު ދަންނަވަން.“
މުޢިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މި ގޮތުގައި ކުރިއަށް ދިއުމަށް ވެސް މުޢިއްޒު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
![]()
