އިރާނުގެ އިންޒާރުތައް ހަރުކަށިވަނީ، އިރާޤާއި ސީރިއާގައި ހުރި އެމެރިކާ ބޭސްތަކަށް އިތުރު ހަމަލާތަކެއް!

Loading

Facebook
Twitter
WhatsApp

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި އިރާނާއި އިރާނުން ތާއީދުކުރާ މުޖާހިދީން ކުރިއެރުން ހޯދުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި އެމެރިކާގެ އޯހައިއޯ-ކްލާސް ނިއުކްލިއަރ-ޕަވަރޑް ސަބްމެރިންއެއް ފަލަސްތީނު ސަރަހައްދަށް ފޮނުވާފައިވާއިރު، އިރާޤާއި ސީރިއާގައި ތިބި އެމެރިކާގެ ސިފައިންނާއި ދެކޮޅަށް ހަފުތާ ބަންދުގައި ދެވުނު ރޮކެޓު އަދި ޑްރޯން ހަމަލާތައް އިތުރުވެއްޖެއެވެ.

މިގޮތުން، އިރާޤުގެ އަންބަރ ޕްރޮވިންސުގައި ހުންނަ އެމެރިކާގެ އައިން އަލް-އަސަދް ވައިގެ އަސްކަރީ ބޭސްގެ އިތުރުން ސީރިއާގައި ހުންނަ އެ ގައުމުގެ ތިން އަސްކަރީ ބޭސްއަކަށް ހުކުރު ދުވަހުގެ ފަހުން ތަފާތު 6 ޑްރޯން ހަމަލާ ދީފައިވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާގެ އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ. 

އާދިއްތަ ދުވަހު އެކަނި ވެސް، އިރާޤުގެ އައިން އަލް-އަސަދް ބޭސްއަށް ދިން ތިން ހަމަލާއެއް އެމެރިކާގެ ސިފައިން ހުއްޓުވާފައިވާއިރު، ސީރިއާގެ އަލް-ތަންފް އަދި ތާލް ބޭދާރް އަސްކަރީ ބޭސްތަކަށް ދިން ވަކި ދެ ހަމަލާއެއް ވަނީ ހުއްޓުވާފައެވެ. 

ދީފައިވާ ހަމަލާތަކުގެ ސަބަބުން ސިކުނޑިއަށް އެކިކަހަލަ ގެއްލުންތައް ލިބިގެން ގިނަ އަދަދެއްގެ އެމެރިކާ ސިފައިންނާއި، އެ ބޭސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެކަން ރިޕޯޓުކޮށްފައިވާއިރު، މިހާރު މި އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް ޕެންޓަގަންއިން ހޯމަދުވަހު ހާމަކޮށްފައިވެއެވެ. 

އެގޮތުން، އެމެރިކާގެ 46 ސިފައިންނަށް މި ހަމަލާތަކުގައި އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، މީގެތެރޭގައި ގިނައީ ބޮލަށް ލިބިފައިވާ އަނިޔާތއް ކަމަށް ޕެންޓަގަންއިން މައުލޫމާތުދިން އޮފިޝަލް ބުނެފައިވެއެވެ. އޮކްޓޫބަރު 17 ވަނަ ދުވަހުގެ ފަހުން، އިރާޤާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް 38 ހަމަލާއެއް ވަނީ ދީފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް