ފަލަސްތީނުގެ ހަނގުރާމައަށް އެއްވެސް ފިނިކަމެއް ނުގެނެވި ބްލިންކަން ފުރައިގެން ދަނީ

Loading

November 8, 2023
profile
Facebook
Twitter
WhatsApp

އެމެރިކާގެ ޚާރިޖީވަޒީރު މެދުއިރުމައްޗަށް ވަޑައިގެން ގައްޒާގެ ހަނގުރާމަ ހުއްޓުވަން ކުރި ގީދަޅު މަސައްކަތަށް ފާހަގަކުރެވޭފަދަ އެއްވެސް ކާމިޔާބެއް ނުލުބުމުން ފޮށިތަންމަތި ބަންދުކޮށްގެން ފުރައިގެން ހިނގައްޖެއެވެ.

އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރި އިސްރާއީލުންވެސް ކަލޭ ތިޔަ ކިޔަނީ ކީކޭހޭ އަހާނުލިއެވެ. އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ އުދުވާން ވަގުތީގޮތުން މެދުކަނޑާލަން ރައީސް ބައިޑަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަން ދައްކަން މެދުއިރުމައްޗަށް ފޮނުވި އޭނާގެ އެންމެ އިސް މި ޑިޕްލޯމެޓް އިސްރާއީލާއި ވެސްޓްބޭންކާއި ޖޯރޑަން އަދި ސައިޕްރަސް އާއި އިރާގުން ތާއީދު ހޯދަން ކުރިމަސަކަތް އެންމެފަހުން އަތަށް ގޮވީ ކަމުގައި ޚަބަރުތައް ބުނެއެވެ. 

ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ބްލިންކަންގެ ފޮރުވިފާއޮތް އެޖެންޑާއަކީ ހެޔޮ އެދޭމީހެއްކަން ދައްކައިގެން ފަލަސްތީނުގެ މުޖާހިދުން އަތުލައިގެންފާވާ އިސްރާޢީލުގެ ރަހީނުންތައް މިނިވަންކުރުމެވެ. ބްލިންކަންގެ ދަތުރުގެ އެންމެ ފަހުގެ މަންޒިލަށް ވެފާއޮތީ އަންކާރާއެވެ.  ތުރުކީގެ ޚާރިޖީ ވަޒީރާއެކު ފޮޓޯއަކަށް ހުއްޓިގެންތިބި އިރުވެސް އެއްވެސް ބޭފުޅަކު އަނގައަކުން ނުބުނެއެވެ.

ޚާރިޖީވަޒީރު ބްލިންކަން ރައީސް އުރުދުޣާންއާއި ބައްދަލު ކުރައްވާކަށް ބޭނުނުމެއް ނުވިއެވެ. ނޭޓޯގެ މެމްބަރު ގައުމެއް ނަމަވެސް އިސްރާއީލުން ބުނެއުޅޭ ގައުމު ދިފާއުކުރުން އުރުދުޣާން ގަބޫލެއް ނުކުރެއެވެ.

ތުރުކީގެ ޚާރިޖިއްޔާގައި ދެ ވަޒީރުން ބައްދަލ ުކުރައްވަމުން ގެންދެވިއިރު އެމެރިކާއާއި އިސްރާއީލަށް ލައުނަތް ލެއްވުމަށް އެދި އެ ވުޒާރާގެ ކުރިމަތީގައި އެތައް ހާސްބަޔަކު ގެންދިޔައީ އަޑު އުފަލަމުންނެވެ. އަދި ބްލިންކަން ތުރުކީން ’ ފެއްސިގެންދާށޭ “ ގޮވަމުންނެވެ. 

މިތަނުގައި އިނގިރޭސިބަހުން “ މާރޑަރަރ ބްލިންކަން ގެޓައުޓް އޮފް ޓާރކީ “  މިހެންގޮވި ގޮވުން ދިވެހި ބަހަށް ގެނައުމުގައި ފެއްސިގެން ދާށޭ މިހެން ބުނެފައި އެވަނީއެވެ.                

ހުކުރު ދުވަހު ﷲ އަކްބަރް ގެ ކަލިމަ ގޮވަމުން އެތައްހާސް ބަޔަކު އަންކާރާގައި ހުންނަ އެމެރިކާގެ ސަފީރު އޮފީސް ކައިރީގައިވެސް އަޑު އުފުލަމުން ގެންދިޔައެވެ.                                     

މެދުއިރުމަތީގެ މަސްރަހު އަދިވެސް ދަނީ ގޯހުން ގޯހަށެވެ. ޖޯރޑްން އާއި  ތުރުކީން އިސްރާއީލަށް ފޮނުވާފައި ތިބި ސަފީރުންވެސް މިހާރު ވަނީ އިހްތިޖާޖުކުރުމުގެ ގޮތުން ގައުމަށް ގެނެސްފައެވެ.

ޚާރިޖީ ވަޒީރު ބްލިންކެން ދެންދާނެ ކަމަށް ބެލެވެނީ އޭޝިއާގެ ތާއީދު ހޯދުމަށްޓަކައި ދެކުނު ކޮރެއާ އާއި ޖަޕާނާއި އަދި އިންޑިއާއަށް ކަމަށް ބެލެވެއެވެ. 

އެ ގައުމުތަކުގެ ވެރިންނާއިއެކު ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައާއި އަދި އުތުރު ކޮރެޔާގެ ނިއުކްލިއަރ ހަތިޔާރާބެހޭ ގޮތުންވެސް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެއެވެ.                        

ފަލަސްތީނުގެ ހަނގުރާމައަކީ އިސްރާއީލުން އުފައްދައިގެން އުޅޭ ބަހަނާ ތަކެއްގެ މައްޗަށް ކުރަމުން ގެންދާ ހަނގުރާއެއް ކަމަށް އަރަބިންގެ ބައެއް ލީޑަރުން ބްލިންކަންއަށް ދެންނެވި ކަމަށްވެސް މީޑިއާތަކުގައި ބުނެފައިވެއެވެ.

އެންމެފަހުގެ ޚަބަރުތަކުން ބުނާގޮތުގައި ބެލްޖިއަމް އިން އިސްރާޢީލާއި ދެކޮޅަށް (ޝެންކްޝަން) ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް