ހުމާއި، ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ ބޭނުން ކުރުން މަނާކޮށްފި

Loading

November 7, 2023
sandhaanu news
Facebook
Twitter
WhatsApp

ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްގައި ކެމިކަލް މާއްދާއެއް ހިމެނޭތީ އެ ބޭސް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ, ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ”ޑައިތްލީން ގްލައިކޯލް“ އަދި ”އިތައިލީން ގްލައިކޯލް“ ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮށްފައިވާ އެލާޓާއި ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި ވަގުތު މި ކެމިކަލް ދެނެގަތުމަށްޓަކާ ކުރަންޖެހޭ ޓެސްޓު ރާއްޖޭގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ މިގޮތަށް ސްކްރީންކޮށް، މި ކެމިކަލް މާއްދާ ޑައިތްލީން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަ ކުރެވޭ ސާމްޕަލްތަކެއް ރާއްޖެއިން ބޭރުގެ ލެބޯޓްރީއަކުން ޓެސްޓު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު އެމްއެފްޑީއޭގެ ބަޔާނުގައި އާންމުކުރި ބްރޭންޑުގެ ބެޗުގައި އެ ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މިގޮތުން އެ ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައި ވާތީ، އެ ޓެސްޓުގެ ނަތީޖާ ލިބި، ބޭރުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑު އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް