އެމްޕީއެލްގެ މުވައްޒަފުންނަށް 4 ހަފްތާގެ ތަމްރީންތަކެއް ގިރިފުށީގައި

Loading

November 6, 2023
sandhaanu news
Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން 4 ހަފްތާގެ ތަމްރީންތަކެއް ގިރިފުށީގައި މިއަދު ފަށައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ 20 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ ކޯސްޓްގާޑުގެ ކަމާބެހޭ ދާއިރާތަކުގެ ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީންތައް ކުރިއަށް ގެންދާނީ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަކަށް ކަމަށެވެ.

 މީގެ އިތުރުން މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިޔުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ސެކިޔުރިޓީ އިކުއިޕްމަންޓްސް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރަމަންޓް ހިމެނޭކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް