އޭ. ބީ. ސީ. ނިއުސް އިން ޚަބަރު ދީފައިވާގޮތުގައި ރަހީނުން މިނިވަން ކުރުމަށްޓަކައިި ޙަމަލާތައް ހުއްޓާލަން ރައީސް ބައިޑަން ގޮވާލައިފިއެވެ. ފަލަސްތީނުގެ އެތައްބަޔަކު މަރުވަމުން ޒަޚަމްވަމުން ކާއެއްޗެއް ބޯނެއެއްޗެއް ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތް އިރު މީނާއަށް ބޮޑުކަމަކަށް ވެގެން މިއުޅެނީ ފަލަސްތީނުގެ މުޖާހިދުން އަތުލައިގެންފާވާ ޒައަނިސްޓް ޔަހޫދީން ރަހީނުން ބޭރަށް ގެނައުމެވެ.
ބައިޑަން މިހެން ގޮވާލާފައިވަނީ އިންތިޚާބަށް ފައިސާހޯދަން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަނިކޮށް އެތަނުގައި ހުރި މީހަކުއިސްރާއީލާއި ޙަމާސްގެ ހަނގުރާމަ ހުއްޓާލާނީ ކޮންއިރަކުންތޯ ބުނެދިމާކުރުމުން އޭނާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
ރަހީނުން ބޭރަށް ގެނައުމަށްޓަކައި ޙަމަލާތައް މެދުކަނޑާލަން ބީބީ ( ޔަހޫދީންގެ ބޮޑު ވަޒީރު ) ގާތު ބުނީ އަހަރެންނެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށްޓަކައި ރަފާހް ގެ ދޮރާށި ހުޅުވަން ސީ ސީ ( މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީ ސީ ) ގާތު ބުނީވެސް އަހަރެންނެވެ. އަދި ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަންވެސް އެމީހުނަށް ބުނެދިނީ އަހަރެންނެވެ. (ކިޔޭ ނުކިޔޭއެއްޗެއްވެސް ނޭގިހުރެ) ބައިޑަން އޭނާއަށް ޖަވާބު ދިނެވެ.
ބައިޑަންގެ މި ގޮވާލުން ވައިޓް ހައުސްއިން މި ހަނގުރާމަ ފެށުނީއްސުރެންވެސް ގެންގުޅެމުން އަންނަ ސިޔާސަތާ ތަފާތުކަން މީޑިޔާއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ. ފަލަސްތީނާއި އާއި އިސްރާއީލުން ހަނގުރާމަ ކުރިޔަށް ގެންދަންވީ ގޮތް ބުނެދެނީ ވައިޓްހައުސްއިން ކަން މިއަދާ ހަމަޔަށްވެސް ހާމަކޮށްފައެއް ނުވެއެވެ.
މިފަހަރުވެސް ބައިޑަންގެ ވާހަކަ ވައިޓްހައުސް އިން ޖެހުނީ ތަރުޖަމާކޮށްދޭށެވެ. ވައިޓް ހައުސް އިން އޭ. ބީ. ސީ. އަށް އެވާހަކަ ތަރުޖަމާކޮށްދިނީ “ ރައީސް ބައިޑަން އެ ވިދާޅުވީ ރަހީނު ކޮށްފައިތިބި އެމެރިކާގެ ދެމީހުން މިނިވަން ކުރުމަށާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި ވަގުތީގޮތުން ޙަމަލާތައް މެދުކަނޑާލަން ބޮޑުވަޒީރު ނަތަންޔާހޫއަށް އެންގިވާހަކައެވެ ”. އެއީ އެތައް މާނައެއް އޭގައި އެކުލެވިގެންވާ ގޮވާލުމެކެވެ.
މީގެ ކުރިންވެސް އެމެރިކާއިން ވާނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޙަމަލާތަށް މެދުކަނޑާލަން އެތައްފަހަރަކު ބުނެފައެވެ. ވައިޓް ހައުސްގެ ތަރުޖަމާގައި ބުނެފައި ވެއެވެ. އެއީ ރައީސް ބައިޑަން ދޫ އޮޅިގެން ދެއްކި ވާހަކައެއް ނޫނެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އާއި ބެހޭ ތަރުޖަމާނު ޖޯން ކާރބީ އޭ. ބީ. ސީ. ނިއުސްއަށް ބެނެފައިވާ ގޮތުގައި ޚާރިޖީ ވަޒީރު ބްލިންކަން ދެކިވަޑައިގަންނަވާ ގޮތުގައިވެސް އިންސާނީ އެހީތެރިކަން ފަލަސްތީނަށް ލިބިލިބި ހުންނާނެ ގޮތެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެހެންނަމަވެސް މިއީ ހަމައެކަނި ވަގުތީގޮތުން ޙަމަލާތައް ހުއްޓުވާލުމެއް ކަމަށާއި މި ވަގުތުގެ ބޭނުން ހިފައިގެން އެތަނުގައި ދިރިއުޅޭ ވަޒަންވެރިން އެ ސަރަޙައްދު ހުސްކުރަން ޖެހޭނެއެވެ. ތާރީޚުގެ ސަފްޙާތަކުން އެނގޭ ގޮތުގައި މިއީ އަބަދުވެސް ޔަހޫދީންގެ މަކަރުވެރި ސިޔާސަތު ރާވަމުން އަންނަގޮތެވެ.
އެންމެ ފުރަތަމަ ކުރެވުނު ހަނގުރާމާގައި އަރަބި ލީޑަރުންނަށް ޔަހޫދީން ވިސްނާދިނީ ހަމަމިގޮތަށް ސަރަޙައްދު ހުސްކުރާށެވެ. އެހެންނޫނީ އާންމު ރައްޔިތުންނަށް ގެއްލުން ވެދާނެތީއެވެ. އަރަބި ލީޑަރުންނަށް އެއީ ރަނގަޅުގޮތް ކަމަށް ގަބޫލުކުރެވިގެން އެ ސަރަޙައްދުން ރައްޔިތުން ނެރެ ހުސްކުރީއެވެ.
އެއަށްފަހު ވަރަށް ފުރިހަމަ އަށް ޔަހޫދީން ވަގުތުގެ ބޭނުންކޮށް އާންމު ރައްޔިތަކަށް ގެއްލުމެއްލިބި ދުނިޔޭގެ ކޮންމެވެސް ބައެއްގެ ފާޑު ކިއުމާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ އެއްވެސް ފިކުރެއް ނެތި ސަރަޙައްދަށް ވެރިވެގަތީއެވެ. އެއީވެސް އިނގިރޭސި ވިލާތާއި އެމެރިކާގެ ފުރިހަމަ އެނހީތެރިކަމާއި އެކުގައެވެ.