ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ނޯތު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުން ގަޟާހާޖާކުރައްވަން ބޭނުންފުޅުކުރައްވަނީ އިސްރާއީލުގެ ދިދަ ކުރަހާފައި ހުންނަ ޓޮއިލެޓް ޕޭޕަރުކަމަށް މީސް މީޑިއާގައި ޚަބަރުތައް ފެތުރިއްޖެއެވެ.
ހަމާސްއަށް ހަތިޔާރު ފޮނުވައި، ވެވެން އޮތްގޮތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށްވެސް ކިމް ޖޮންގް އުން ވަނީ އޭނާ ކޮމާންޑްކުރާ އަސްކަރީ ސިފައިންނަށް އަންގާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަރަބި ގައުމުތަކުން ތިބީ އެފަދަ ކަމެއް ކުރާވަރަށްވުރެ ބިރުންނެވެ.
ނޯތު ކޮރެއާގެ ލީޑަރަށް ތާއީދުކުރާ ރަޝިއާއިންވެސް އަންނަނީ ފަލަސްޠީނުގެ ހަމާސްއަށާއި ލުބުނާނުގެ ހިޒްބު ހަނގުރާމަމަތީ ގްރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރަމުންނެވެ.