އިސްރާއީލާއި ދިމާއަށް ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލުތަކަކާއި ޑްރޯންތަކެއް ފޮނުވާލައި އިސްރާއީލަށް ހަމަލާ ދީފައިވާނެ ކަމަށާއި، އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުން އަންނަކަމަށް ޔަމަންގެ ހޫތީ މުޖާހިދުން ބުނެފިއެވެ.
ރަތް ކަނޑުގެ މަތިން ދަތުރުކުރި ގޮތްނޭނގޭ އޭރިއަލް ޓާގެޓެއް ނައްތާލާފައިވާ ކަމަށް އިސްރާއީލުން ކުރިން ބުނެފައިވެއެވެ.
އޮކްޓޯބަރު 7 ގައި ކުރިމަތިލުންތަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ”އެރޯ“ އޭރިއަލް ދިފާއީ ނިޒާމު ބޭނުންކޮށްފައިވާއިރު، އެ ނިޒާމު ބޭނުންކޮށް އިސްރާއީލާއި ދިމާއަށް ރަތް ކަނޑު މަތިން ފޮނުވައިލި ސާފޭސް-ޓު-ސާފޭސް މިސައިލެއް ވަނީ ގޮއްވާލައިފައެވެ.
ހޫތީ މުޖާހިދުންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނު، ޔަޙްޔާ ސަރީ މިއަދު ބުނީ މިއަދު ފަށާފައިވަނީ އިސްރާއީލަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ތިންވަނަ އޮޕަރޭޝަން ކަމަށާއި، އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެންނަންދެން ހަމަލާތައް ދެމުން ގެންދާނެކަމަށެވެ.
ހިތާމައަކީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ހިންގާ އަނިޔާވެރިކަމަށް ޖާގަދީ އެކަންކަން ބަލަން ތިބޭ ފަރާތްތަކަކީ، އިރާނާއި އިރާނުގެ ވާގިވެރީންނަށް ފާޑުކިޔާ ފަރާތްތައް ކަމެވެ. އަރަބި ގައުމުތަކުން ބޮޑެތި ވާހަކަތައް ދެއްކި ނަމަވެސް، އިސްރާއީލާ ދެކޮޅަށް ވެސް އަދި އެމެރިކާއާ ދެކޮޅަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ފަލަސްތީނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ ކޮން ގައުމަކުންތޯ ބަލާއިރު، ބަލަންވާނީ ބަހާއި އަމަލުން ވެސް ފަލަސްތީނަށް ވާގިވެރިވާ ބަޔަކީ ކޮބައިތޯއެވެ. ކޮންމެ ސަރުކާރަކަށް ވެސް ބޮޑެތި ބަޔާންތައް ނެރެ އިންޒާރުގެ މެސެޖުތައް ޝާއިއު ކުރެވިދާނެއެވެ. އެހެންނަމަވެސް، ހަގީގީ މާނާގައި ފަލަސްތީނަށް އެއްބާރުލުން ދޭ ފަރާތްތަކަކީ މެދުއިރުމަތީގައި ތިބި އިސްރާއީލު އަދި އެމެރިކާ ސިފައިންނަށް ހަމަލާދޭން ކެރޭ ފަރާތްތަކެވެ. އިރާނުން ފަސޭހަކަމާއެކު މިއީ އެމީހުންގެ މައްސަލައެއް ނޫނޭ ބުނެ ވާހަކަދެއްކި ނަމަވެސް، އިރާނުގެ ވާހަކައިންނާއި އަމަލުތަކުން އެއީ ހަގީގަތުގައި ވެސް ފަލަސްތީނަށް ހެޔޮ އެދޭ ބައެއްކަން ވަނީ ދައްކައިދީފައެވެ.
ހިޒްބުﷲ އާއި ޔަމަންގެ ހޫތީން ފަދަ އަސްކަރީ ގްރޫޕްތަކަށް ސައުދީ އަރަބިއްޔާއާއި އެމެރިކާފަދަ ގައުމުތަކުން ނަފުރަތުކުރެއެވެ. ހޫތީ މުޖާހިދުންނަކީ ސައުދީ އަރަބިއާއާއި އެގައުމުގެ ބައިވެރިން އެޖަމިއްޔާއަކާއި ދެކޮޅަށް ހަނގުރާމަ ކޮށް ކާމިޔާބީ ނުހޯދުނު ޖަމިއްޔާއެކެވެ. ވީމާ، އިރާނާއި، ހިޒްބުﷲ އާއި ހޫތީ މުޖާހިދުންގެ އިތުރުން ސީރިއާއާއި އިރާޤްގައި ތިބި އިރާނާއި އެއްކޮޅު މުޖާހިދުންނާއި ހަނގުރާމަކޮށް އިސްރާއީލާއި އެމެރިކާއަށް ނަސްރު ހޯދުމަކީ ނާދިރުކަމެކެވެ.
މިހާރު އުފެދޭ ސުވާލަކީ، މި ހަނގުރާމަ ބޮޑުވެގެންދާއިރު، އަރަބި ގައުމުތަކުން ފަލަސްތީނާއި އެއްކޮޅަށް އަރައި ފަލަސްތީނުގެ ހިމާޔަތުގައި ހަނގުރާމަކުރުމަށް މަޖުބޫރުވާނެތޯއެވެ. ނުވަތަ އެމީހުންގެ ފަސްގަނޑުގައި ހުރި އެމެރިކާ އަސްކަރީ ސައިޓުތައް ބޭނުންކޮށް އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް ހަމަލާދިނުމަށް ފުރުސަތު ދޭނީތޯއެވެ. ކަންތައް ހިނގަމުންދަނީ މިގޮތަށް ކަމަށް ބުނާ އެތައް ރިޕޯޓުތަކެއް މިހާރު ވެސް އަންނަނީ ފެންމަތިވަމުންނެވެ.
އިސްރާއީލާ ދެކޮޅަށް ހަގީގީ ފިޔަވަޅެއް އަޅަމުން އަންނަނީ އިރާނުން އެކަނިކަން ފަލަސްތީނަށާއި ދުނިޔޭގެ ލޯތަކަށް ވެސް ވަރަށް ސާފުކޮށް އެނގޭނެއެވެ. ފާއިތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އިސްރާއީލުގެ ބޯޑަރު ހިއްސާކުރާ އަރަބި ގައުމުތަކުން އިސްރާއީލާ އެކުގައި އޮތް ގުޅުންތައް ވެސް ކަނޑާލާފައި ނުވާއިރު، އަދިވެސް އެމީހުން ތިބީ ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ ހުސް އުންމީދެއްގައެވެ. އިސްރާއީލާއެކުގައި އޮންނަ ގުޅުން ކެނޑުމަށް މި ގައުމުތަކުން ޖެހިލުންވަނީ އިޤްތިޞާދީ އަދި ދުނިޔަވީ މަންފާތަކުގެ ދަހިވެތިކަމުގައެވެ.
One Response
ތިހަމަލާ އަރާނި އިޒްރަހެލް ގެ ހަނަފަސް ސަހަރާއް ތޯޗެ