ވިސްނާ ފިކުރުކުރުން ހުއްޓެވެ. ދުނިޔޭގައި އޮތް އެންމެ އަދުލެވެރި އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން އެންމެ ފުރިހަމައަށް ރައްކާތެރި ކުރެވިފައިވާ ގައުމަކީ އެމީހުންބުނެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފ އެމެރިކާއެވެ.
އެމެރިކާއިން މުޅި ދުނިޔެއަށް ގޮވަމުން އެގެންދަނީ އެމެރިކާ އަކީ ނަމޫނާއަކަށް ބަލައިގެން ގައުމުތައް ކުރިއަށް ދިއުމަށެވެ. އެކަމަކު އެބުނާ ރިވެތި ޑިމޮކްރެސީގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވަނީ ކިހާވަރަކަށްތޯ ވިސްނާ ފިކުރު ކުރަން ޖެހެއެވެ.
އެހެން ހުރިހާ ކަމެއް އެއްފަރާތް ކޮށްފާ ހަމައެކަނި އަތްފަސޭހައަކަށް ނޫނީ މީހުން މަރާލެވިދާނެ ތަފާތު ގޮތްތައް ދަސްކުރުމުގެ ބޭނުމުގައި އަހަރެއްގެ ތެރޭގައި މަރާލެވޭ މީހުންގެ އަދަދު މި ރާއްޖޭގެ ރައްޔިތުންނަށް ވުރެން މަދެއް ނުވާނެއޭވެސް ބުނެވިދާނެއެވެ.
އެކަމަކު ސަޢޫދީ އެރޭބިޔާއާއި އީރާނުފަދަ ބައެއް މުސްލިމް ގައުމުތަކުގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމުގެ ގޮތުން ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަބު ދިނުމުން އެމެރިކާއިން އަބަދުމެ އުޅެނީ ލޮލަށް ނިދި ނައިސްގެންނެވެ. އިންސާނިއްޔަތަށްޓަކައެވެ.
ހަމައެކަނި މިދިޔަ ބުދަދުވަހު އެމެރިކާގެ މޭންގެ ލެވިންސްޓަންގެ ރެސްޓޯރެންޓެއްގައި ކާންގޮސްތިބި ބަޔަކަށް ބަޑީން ހަމަލަ ދީ 18 މީހުން މަރާލައި އިތުރު 13 މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ދީފައެވެ. އެމީހުންގެ ކުށަކީ އެމެރިކާގެ އެ ޓެރަރިސްޓުގެ ބަޑީގެ އަމާޒްކަށް ވީ ކަމެވެ. މިއީ ކޮންމެ ދުވަހަކުހެން އެމެރިކާގެ ކޮންމެވެސް ބަޔަކު ކުރިމަތިލާންޖެހޭ އެމެރިކާ ޓެރެރިސްޓުންގެ ޙަމަލާތަކެވެ.
އެމެރިކާއިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެމެރިކާގައި މިގޮތަށް ބަޑީގެ ޙަމަލާގައި 35000 މީހުން ވަނީ މަރާލާފައެވެ. ރާއްޖޭގެ ކޮންމެވެސް ބުއްދިވެރިއަކު ބުނެފައިވާ ފަދައިންނެވެ. “ މަގުމަތީގައި ދުއްވި އުޅަނދަކުން އަހަރެންގައިގ ާޖެހުނީ އަހަރެން މަގުމައްޗަށް ނިކުތީމާ ނޫންހެއްޔެވެ ”. އެގޮތް ރަނގަޅުތޯއެވެ؟
ޙައިރާންވެ އަންތަރީސްވާން ޖެހޭ ސަބަބަކީ ދުނިޔޭގެ އެންމެން އުޅެންވީ ރަނގަޅުގޮތް ކިޔާދޭ އަދި އެގޮތަށް ނޫޅެފިނަމަ ސެންކްޝަންތަކާއި ދުއްތުރާކޮށްގެންވެސް އެމީހުންގެ ވަށްޓަފާޅިއަށް ލެބިގެން ހެއްޔެވެ. އެމީހުންގެ ފާޑާއި އެމީހުން ބުނެދީ ދަސްކޮށްދޭ ޑިމޮކްރެސީއާއި އެންމެންގެ ޙައްގުތައް ހަމަހަމަޔަށް ލިބޭދޭގޮތް ހުރިހާދިމާލަކުން މިދަނީ ފެންނަމުންނެވެ.
އެމެރިކާގައި އެމީހުން އަމިއްލަޔަށް ހާމަކުރަމުން ގެންދާ ތަފާސްހިސާބު ތަކުން އެނގޭ ގޮތުގައި ބަޑި އަތަށް ހެޔޮވަރު ކޮށްލުމުގައި ދުވާލަކު 327 މީހުން މަރާލެވޭއިރު ޢުމުރުން 17 އަހަރު ނުފުރޭ ކުޑަކުދިންގެ 23 ކުދިން ބަޑިޖަހާ މަރާލެވެއެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ބުނެފައިވަނީ މިއަހަރު މިހާތަނަށް ބަޑިޖަހައިގެން 35000 (ތިރީސް ފަސްހާސް) މީހުން މަރާލާފައިވާ ކަމަށެވެ. މީގެ އިތުރުން އެންމެފަހުގެ އަހަރީ ތަފާސް ހިސާބުގައި ބުނެފައިވާ ގޮތުން އަހަރެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި ހުރިހާ އުމުރު ފުރައެއް އެއްކޮށް 117345 (އެއްލައްކަ ސަތާރަހާސް ތިންސަތޭކަ ސާޅީސްފަސް) މީހުން އެމެރިކާގެ ޓެރެރިސްޓުންގެބަޑީގެ ޙަމަލާގައި މަރާލެވިފާވެއެވެ.
މިއީ ވަކިމީހަކު މަރަން ނޫންގޮތަށް ބަޑީގެ ވަޒަންތައް ގުރޫޕްތަކާ ދިމާލަށް ހުސްކޮށްލައިގެން މަރާ ލެވޭ މީހުންނެވެ. ގަސްދުގައި ވަކި މީހަކު މަރާލަން ބަޑިޖައިގެން މަރާލެވޭ މީހުންގެ އަދަދަކީ އަހަރަކު ގާތްގަނޑަކަށް 35000 މީހުންނެވެ. އަދި ގާތްގަނޑަކަށް 77 ހާސްމީހުން ބަޑީގެ ޙަމަލާގައި ބޮޑެތި އަނިޔާލިބި އެކަމަކު ފުރާނަ ސަލާމަތް ކުރެއެވެ.
މިއީ އިސްލާމީ ޝަރީއަތަކީ ބާބަރިޒަމްކަމަށް އަޑުގެ ކޮޅަށް ގޮވަމުންދާ ކާފަރު އެބައިމީހުންގެ ބަތާނަ ފަރާތް ހުރި ގޮތެވެ. އަދި ބިތު ފަންގި ނަގައި ރިޕޯރޓު ނުކުރެވޭ މަރުތައް ގުނައިފިނަމަ ހިސާބުކުރަން މެގަ ކޮމްޕިއުޓަރެއްވެސް ބޭނުންވެދާނެއެވެ. ވީމާ ޓެރަރިސްޓުން ނާއި ޓެރެރިސްްޓުންނަށް ވާގިދީ އިންވެސްޓްކުރާ ގައުމަކަށް އެމެރިކާ ލޭބަލް ނުކުރެވެނީ ކީއްވެ ހެއްޔެވެ!
2 Responses
Kureveyne the biggest terrorist country in the world 🌎
އަޅުގަނޑުމެންގެ ރާއްޖެއަށް ޑިމޮކްރެސީ އައިފަހުން ހަމަގައިމުވެސް މީހުންމެރުމާއި ފޭރުމާއި މަގުމަތިން ހަމަލާދިނުން ގިނަވެއްޖެ. އޭގެކުރިން އެއީ އަޑުނާހާ ވާހަކަތަކެކޭ ބުންނާސް މާބޮޑު ދޮގަކަށް ނުވާނެ.. ދޮންމީހުން އެބުނަނީ ޑިމޮކްރެސީގައޭ މިނިވަންކަމުގެ ރަހަ ލިބިގަނެވޭނީ. ފެންނަ ފެނުމަށް އަޅުގަނޑުމެންގެ ގައުމުވެސް މިދަނީ އެބުނާ މިނިވަންކަމުގެ ރަހަ ދެކެމުން.