އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހޫނުވަމުންދާ މިދަނޑިވަޅުގައި އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާދޭން ނިކުތުމަށް އަލްގާއިދާއާއި އިސްލާމިކް ސްޓޭޓުގެ ލީޑަރުން އެމީހުންގެބައިވެރިންނަށް ގޮވާލަމުން އެބަ ގެންދެއެވެ.
މީގެ ސަބަބުން މުޅި މެދު އިރުމަތި ހަނގުރާމައެއްގެ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ޙަމާސް އިން އިސްރާއީލަށް ޙަމަލާ ދިނުމާގުޅިގެން އަލްގާއިދާއިން މިހާރު އަންނަނީ މަރުޙަބާ ކިޔަމުންނެވެ.
އިސްރާއީލުން މިހާތަނަށް ފަލަސްތީނުގެ އެކިއެކި އަމާޒުތަކަށް ދިން ޙަމަލާތަކުގައި 4500 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން މުޅި އިސްލާމީ ދުނިޔެއިން އިސްރާއީލުގެ މި އަނިޔާވެރިޙަމަލާތައް ގެންދަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.
ސޮމާލިއާގެ އަލްގާއިދާ ގޮފި އަލްޝަބާބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށާއި ފަލަސްތީނަށް ދެވޭ ކޮންމެ ޙަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއް ކަމަށެވެ.
އަދި އިސްލާމީ އުންމަތުގެ ހުރިހާ ހަކަތައަކާއެކު ފަލަސްތީނުގެ މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު މުނާފިގު ކާފަރުންގެ ބާރުގަދަ ގައުމު އެ އޮތީ އަހަރެމެން ބާރުގަދަ ޖިހާދީންގެ ކުރިމައްޗަށް ފެތުރިފައިކަން އެކާފަރުން ހަނދާނުން ކެހިގެން ދިޔަ ނުދިނުމަށްވެސް ބުނެފައިވެއެވެ.
އިންޑިއަން ސަބްކޮންޓިނެންޓާއި ޔަމަނުގައި ތިބި އަލްގާއިދާގެ ގޮފިތަކުންވެސް ވަނީ ހަމަ މިމޭރުމުން ބަޔާން ނެރެފައެވެ. ތަޖްރިބާކާރުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން ނުރައްކާތެރި ފައްތަރަކަށް މުޅިދުނިޔެވެސް ވެއްޓިގެން ހިނގައިދާނެއެވެ.
ހުޅަނގުގެ ލީޑަރުން ދެކޭގޮތުގައި އެ ޖަމާޢަތްތަކުގެ ސަބަބުން ދުނިޔެއަށް އިތުރު ނުރައްކަލާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެނަސް އިސްރާއީލުގެ ޒައަނިސްޓުން އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި ހަތިޔާރު ދީގެން ޒައަނިސްޓުން ލައްވާ ފަލަސްތީނު ސުނާފަތި ކޮށްލަމުން ދާއިރު އެކަމުގެ ސަބަބުން މެދުއިރުމަތި ހޫނުވެ ނުރައްކާވެދާނެ ކަމަކަށް ބުނެފައެއް ނުވެއެވެ.
އަދި މި ޙާލަތުގެ ޖުވިޝް ކޮމިއުނިޓީ އަށާއި ބައެއް އެހެން ކޮމިއުނިޓީ ތަކަށްވެސް ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުމިދިޔަ ހަފްތާގައި އެފް. ބީ. އައި. އާއި އެމް -15 ގެ އެންމެ އިސް ބޭފުޅުން ވަނީ ދެއްވާފައެވެ. ހަމައެއާއެކު ޔޫރަޕްގެ މުޅި ސަރަޙައްދަށްވެސް މި ބިރުވެރިކަން ފެތުރުގެން ހިނގައިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ލީޑަރުންވެސް ވަނީ ދެއްވާފައެވެ.

އިނގިރޭސި ވިލާތުގެ އެތެރޭގެ ޖާސޫސީ އޭޖެންސީ އެމް-15 ގެ ޑިރެކްޓަރ ޖެނެރަލް ކެން މެކްލަމް ބުނެފައިވަނީ އެ ޖަމާޢަތްތަކުން އަހަރެމެންނަށް ވިސްނައި ނުގަނެވޭ ފަދަ ގޮތްގޮތުން ވަކިވަކި ފަރުދުންގެ ގޮތުގައި އައިސް އަހަރެމެންގެ އަމާޒުތަކަށް ޙަމަލާދިނުމަކީ ދުރުކަމެއް ނޫނެވެ. މިދިޔަ މޭމަހުގެ ތެރޭގައިވެސް ޑަޗް ސީކްރެޓް ސަރވިސް އިންވަނީ އިސްލާމިކް ސްޓޭޓުގެ ނުރައްކާތެރިކަން ޔޫރަޕަށް ބޮޑުވަމުން އަންނަ ކަމަށް އިންޒާރު ދީފައެވެ. އެހެނަސް މިހާތަނަކަށް އައި. އެސް އިން ޒައަނިސްޓު އިސްރާއީލުގެ އެއްވެސް ތަނަކަށް މީހަކަށްވެސް ޙަމަލާއެއް ދީފައެއް ނެތެވެ.
މިމަހުގެ ކުރީ ކޮޅުގައި ފަރަންސޭސި ވިލާތުގެ ޓީޗަރަކަށް ވަޅިން ޙަމަލާ ދީ މަރާލުމާއި ބްރަސެލްސްގައި ސްވިޑްންގެ ފުޓްބޯޅައަށް ތާއީދުކުރާ ދެމީހަކު މަރާލުން ވަނީ ފަހަގަކުރެވިފައެވެ. މި ބާވަތުގެ ޙަމަލާތައް އިތުރުވެގެން ހިނގައިދާނެކަމަށް ބަލަން ޖެހެއެވެ.
މީގެކުރިން އަލްގާއިދާއަކީ ބައެއް ކަންތަކުގައި ޙިޒްބުއްލާ އާއި ހަމާސް އާއި އެއްވިސްނުމެއް ގެންގުޅޭ ޖަމާޢަތެއް ނަމަވެސް ގިނަ ކަންތައްތަކުގައި ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ ޖަމާއަތެކެވެ. އަދި އަލްގާއިދާގެ އެއްވެސް ޙަރަކާތެއް ގާޒާއާއި ހުޅަނގު އައްސޭރީގައެއް ނޯވެއެވެ.
ހަމަ އެގޮތަށް ޔަހޫދީންނަށް ޙަމަލާދޭނެ އެކިއެކި ގޮތްތަކާ ބެހޭގޮތުން އިސްލާމިކް ސްޓޭޓުން ޙަމާސްއަށް މަޝްވަރާ ދެމުން ގެންދިއަ ދުވަސްވަރެއްގައި ޙަމާސް އިން އީރާނާއެކު ގުޅުން ބޮޑުކަމުން އިސްލާމިކް ސްޓޭޓުން ޙަމާސް އާއި ދުރަށް ޖެހިފާވެއެވެ.
ފަހަކަށް އައިސް އަލްގައިދާގެ ލީޑަރ އައިމަން ޒަވާހިރީވެސް މަރާލުމާއި އަދި އިސްލާމިކް ސްޓޭޓުން ދައުވާކުރަމުން ގެންދިޔަ ޚިލާފަތުގައި ކުލަނުޖެހި ބަލިކަށިވެގެން ދިޔައީއެވެ. މި ދެ ޖަމާއަތުންވެސް ފައިތުވެ ދިޔަ ތަނުގައި ގެންގުޅެފައިވަނީ އެހާބޮޑު އެއްބައިވަންތަ ކަމެއްނެތް ފަލްސަފާއެކެވެ.