ފަލަސްތީނާއި އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ މިދަނޑިވަޅުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ މިސިޒް އުރްސުލާ ވާން ޑަރ ލޭޔަން އިސްރާއީލަށް ވަޑައިގެންފިއެވެ.
އަދި ގާޒާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކުގައި ބައިނަލް އަގްވާމީ ގާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް އަންގާފައިނުވާތީ އެ ކޮމިޝަންގެ ތެރޭގައި ނުތަނަވަސްކަން އުފެދިއްޖެއެވެ.
އިސްރާއީލުން ބައިނަލް އަގްވާމީ ގާނުނުތަކަށް ތަބާވުމަށް އެކޮމިޝަނުންތަކުރާރުކޮށް ގޮވާލާތާ ކިތަންމެ ޒަމާނެކެވެ. އިސްރާއީލުު ފަލަސްތީނު ބިމުގައި އުފެއްދި އިނގިރޭސި ވިލާތާއި އެކު ހަތާވީސް ގައުމު ހިމެނޭ ޔޫރަޕިއަން ޔުނިއަނުން ބުނެފައިވަނީ އިސްރާއީލަށް ލިބިފައިވާ ދިފާޢު ވުމުގެ ޙައްގަކީ އިންސާނިއްޔަތާ ބެހޭ ބައިނަލް އަގްވާމީ ގާނޫނުތަކަށްވެސް ތަބާ ވުން ލާޒިމްކުރުމާއެކު ލިބިދީފައިވާ ހައްގެކެވެ.
ބައިނަލް އަގްވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތައް އެއްފަރާތް ކުރުމުގެ އިޚްތިޔާރު އެއްވެސް ގައުމަކަށް ލިބިގެނެއް ނުވެއެވެ. އެހެނަސް އެފަދަ އެއްވެސް ގާނޫނަކަށް އިސްރާއީލުން ބޯލަބާފައެއް ނުވެއެވެ.
ހަމަ މިއާއިއެކު ފަލަސްތީނު ދިފާޢު ކުރުމަށް ޙަމާސް ޖަމާޢަތުން ޒައަނިސްޓު އިސްރާއީލް އަށް ދެމުންގެންދާ ޙަމަލާތަކަކީ ޓެރަރިސް ޙަމަލާތަކެއް ކަމަށާއި އެ ޙަމަލާތައް ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލްގެ މި ބަޔާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް ގެނެވިދާނެ ގުޅިފައިވާ މިންގަނޑު ތަކެއް އެކުލަވާލުމަށް މެމްބަރު ގައުމުތަކަށް އަންގަވާފައި ވެއެވެ.
މި ބަޔާން ނެރުމުގައި މެމްބަރު ގައުމުތަކުން ދެކޭގޮތް ބައްލަވާފައި ނުވާކަމަށްބުނެ އެ ކޮމިޝަން ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޖޯސެފް ބޯރެލް ވަނީ ފާޑު ވިދާޅުވެފައެވެ.
ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތަކީ އާންމު ގޮތެއްގައި އެގައުމަކުން ދެކޭ ގޮތެކެވެ. ގުޅިފައިވާ ސިޔާސަތެއް ނޫނެވެ. އަބަދުވެސް ފެންނަމުން ދަނީ ސިޔާސަތުގެ މުނާފިގު ކަމެވެ. ރަޝިޔާއިން ޔޫކުރެއިންގައި ހިންގާ ސްޕެޝަލް އޮޕަރޭޝަނަކީ ޔޫކުރެއިން ފަނާކޮށް އަޅުވެތިކުރުމަށް ހިންގާ ހަނގުރާމައެއް ކަމުގައި އެ ޔޫނިއަނުން ބުނެ ޔޫކުރެއިންއަށް ފުރިހަމަ އެއްބާރުލުން ދީ ރަޝިޔާ ކުއްވެރިކޮށް ޝެންކްޝަން ކޮށްފާވެއެވެ.
އެހެނަސް ފަލަސްތީނުގެ ބިން އިސްރާއީލުން ފޭރިގަނެ ދުނިޔާގެ އެކިއެކި ދިމަދިމާލުން ޔަހޫދީ ޒައެނިސްޓުން ގެނަސް ފަލަސްތީނުގެ ރައްޔަތުންގެ ގެތަކުގައި އެބައިމީހުން ވަޒަންވެރި ކުރާއިރު އެ ޔޫނިއަންގެ ދެލޯ ވަނީ ކަނުވެފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހުރިހާ ޖަރީމާތަކުގެ ފުރިހަމަ މަދަދު ގާރެކެވެ.
ފަލަސްތީނުގައި ޙަމާސް އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ މިހާތަނަށް އިސްރާއީލުގެ 1400 އަށްވުރެން ގިނަ މީހުންވަނީ މަރާލެވިފައެވެ. އިސްރާއީލުން މިހާރުވަނީ ގާޒާއަށް ތަނެއް ދޮރެއް ނުބަލާ ހުރިހާ ތަނަކަށް ބޮންއަޅައި ބިމާހަމަކޮށްލާފައެވެ.
ޢިމާރާތްތަކުގެ އަޑީގައި ފަޅުލެވި ތާށިވެފާވާ ކުޑަކުދިންތަކާއި އަންހެނުންތައް ރޯ އަޑުތަކާހެދި ސަލާމަތުންތިބި ޢާއިލާތަށް ރޮއި ހާސްކަމުގެ އިންތިހާއަށް ދިޔައިރު ބައެއް މީހުން މޮޔަވެފައިވާ ޙާލުގައެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުނަށް ކަރަންޓާ ފެނާއި ކާބޯތަކެއްޗާއި އަދި އެހެނިހެން އަސާސީ ޚިދުމަތްތަކުންވެސް މިވަނީ މަޙްރޫމް ކޮށްފައެވެ. އަދި އިސްރާއީލުން ގެންދަނީ ޙަމާސް ވުޖޫދުން ފޮހެލާނެކަމަށްބުނެ ހުވާކުރަމުންނެވެ.
ޔޫރަޕުގެ ގައުމުތަކުން އަބަދުވެސް ތާއީދުކުރަނީ އިސްރާއީލަށެވެ. އެހެންނަމަވެސް ބައެއްލީޑަރުން ދެކެވަޑާއިގަންނަވާ ގޮތުގައި ޙަމާސްގެ ޙަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށް އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުގެ ޙައްގު އިސްރާއީލް އަކަށްވެސް ލިބިގެނެއް ނުވެއެވެ.
ޔޫރަޕުގެ ލީޑަރުންނަށް އެހެން ބިރެއްވެސް އެބައޮތެވެ. މިގޮތަށް ޙަމަލާތައް ދެމިގެންދާނަމަ ޙަމާސްއިން ރަހީނުކޮށްފައި ތިބި ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްކުރެވޭ ރައްޔިތުންނަށް ވެދާނެ ގޮތަކާމެދުގައެވެ.
އިސްރާއީލް ލައްވާ ފުރިހަމަ އެއްބާރުލުންދީ ފަލަސްތީނު ފަނާކުރަމުން ގެންދާއިރު އެ ކޮމިޝަނުން މިހާރުވަނީ ގާޒާއަށްވެސް 75 މިލިއަން ޔޫރޯގެ އެހީ ދިނުމަށް ނިންމާފައެވެ.
ކޮންފަދަ ނަމޫނާ ޢަދުލްއިންސާފާއި ޑިމޮކްރެސީއެއް ތޯއެވެ؟ ފަލަސްތީނުގެ ގެތަކާއި ބިންތައް ބާރުގެ ބެނުންކޮށް ފޭރުމަށްފަހު، އެތަނުގެ އަހުލުވެރީން އެތަނުން ގަދަކަމުން ބޭރުކޮށްލައި އެހެން ގައުމުތަކުގައި ތިބި ޔަހޫދީންގެނެސް އެ ބިންތަކުގައި ވަޒަންވެރިކުރުވުން 21 ގަރުނުގައިވެސް ދިމޮކްރެސީގެ އަހުލުވެރީން ގަބޫކުރަނީ ހެއްޔެވެެ!