ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ

Loading

Facebook
Twitter
WhatsApp

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ފެށި މުދާ އުފުލާ ފެރީގެ ޚިދުމަތުގެ ދަށުން އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ފުރި ފުރަތަމަ ކާގޯ ފެރީ މިއަދު ކުޅުދުއްފުޓަށް ބަނދަރުކޮށްފި އެވެ.

ކުޅުދުއްފުށީގައި ބަނދަރުކުރި މި ފެރީ ( އާގު ބޯޓް) ކޮޗިން އިން ފުރާފައި ވަނީ މީގެ ހަރަތު ދުވަސްކުރިން މި ދިޔަ އަނގާރަދުވަހު އެވެ.

“ އެމް ސީޕީ ލިންޒް“ ނަމަކަމަކަށް ކިޔާ މި ބޯޓަކީ ސައިޕުރަސް ގައި ރެޖިސްޓްރީ ކޮށްފައިވާ ބޯޓެކެވެ. ގުރޮސް ޓަނޭޖް 5272 އަދި މުދާ އުފުލުމުގެ ޑެޑްވެއިޓަކީ 7664 ޓަނެވެ. 2008 ގައި ބަދެފައިވާ މިބޯޓަކީ ކޮޮންޓޭނަރު ބޯޓެކެވެ.

ކުޅުދުއްފުށީ ޕޯޓުން މައުލޫމާތު ދޭގޮތުގައި މި ދަތުރުގައި ބޯޓުން ގެނެސްފައިވަނީ  500 ޓަނުގެ ސިމެންތި އާއި  އެހެނިހެން މުދާ ހިމެނޭ 20 ފޫޓްގެ ދެ ކޮންޓެއިނަރު އެވެ. ކުޅުދުއްފުށިން ކޮޗިންނަށް ގެންދާނެ މުދަލެއް މިބޯޓަކަށް ލިބިފައެއްނުވެއެވެ.

ބޯޓަކީ މިވަރުގެ ބޮޑު ބޯޓަކަށް ވުމުން ކުޅުދުއްފުށީ ޕޯޓްތެރޭގައި ބަނދަރަށް ނުވަދެވޭތީ  މި ބޯޓުން މުދާ ބާލަނީ ރަށުން ބޭރު ކަނޑުގައި ބާއްވައިގެން ބާޖާއި ޓަގު ބޭނުންކޮށްގެން މިދާކަށް ދުވަހު އުފެއްދި ދިވެހިރާއްޖޭގެ ޝިޕިންގްކޮންޕެނީ އެސްއެސްޓީ އާއި ކުޅިދުއްފުށީ ޕޯޓައިގުޅިގެނެވެ.

ކުޅުދުއްފުޓަށް މުދާ ބޭލުމަށްފަހު ދެން މި ބޯޓް މާލެ އައިސް ކޮންމެވެސް ވަރަކަށް ކޮންޓޭނަރު ބާލާނެކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުކުރާ ޕެސެންޖަރ ކާގޯ ފެރީގެ ޚިދުމަތަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ. މިބޯޓުގެ އޮޕަރޭޝަން ހިންގާނީ އިންޑީއާގެ ގައުމީ ޝިޕިން ކުންފުންނި ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ (އެސްސީއައި) އާއި ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން ( އެމްއެސްއެސް) ގުޅިގެން ކަމަށްވެއެވެ.

ޚުޅުދުއްފުޓަށް މިބޯޓުއައުމުގެ ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބުދުއްﷲ ޝާހިދުއާއި ޓުރާންސްޕޯޓް މިނިސްޓަރު ނަހުލާ އާއި ރަށުގެ ކައުންސިލްގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަަަފީރު ސަންޖޭ ސުޖީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުޅުދުއްފުށިން މި ޙަފުލާގެ މަންޒަރު ބަލަންނުކުމެތިބި މީހުންގެ ތެރެއިން ކުޅުދުއްފުށީ ސަރަނގުބެ މިޙަފުލާއަށް މާބޮޑު އުފަލެއްނެތްކަމުގައި ބުންޏެވެ. ކީއްވެތޯ މިއުފާވެރި ޙަފުލާގައި ހިނިތުންވެލުމެއްނެތީ އަހާލުމުން ސަރަނގުބެ ބުންޏެވެ. އެހެނީ އަހަންނަކީ ރައިސް އިބުރާހީމް ނާސިރުގެ ވެރިކަމުގައި  އިންޑިއާގެ ބޯރާ ވިޔަފާރިވެރިންގެ އަތުން ދިވެހިންނަށް އެވިޔާފާރި އަނބުރާ ހޯދުމަށް މިރަށުމީހުން ފޫގަަޅައިގެ އުޅުނުމީހެކެވެ. އެއީ މީގެ 60 އަހަރެއްހާދުވަސް ކުރިންނެވެ. އަދި އެވެރިން ފޮނުވާލި ދުވަހު މަ ނަށަންވެސް ނެށީ ހަމަ މިބުނިގޮތަށް ފޫގަޅައިގެނެވެ. ހިނިތުންނުވެވި ދެރަވެފައި މިހުރެވުނީ މަވެސް ވޯޓްދީގެން އިހަކަށްދުވަހު ގަނައި ސަރުކާރުން އެ ވޯރާ ވިޔާފާރިވެރިން އިއްޒަތުގައި ބާރުވެރިކަމާއި އެކު އަނބުރާގެނަސް އެކަމުގެ އުފަލުގައި ނާޗަރަންގީ ކުޅޭތަން ފެނުނީމައެވެ.

Loading

2 Responses

  1. އަދި ކިރިޔާ މިފެނުނީ ބޯޓެއްގައި މާފަތި ދަމައިގެން މަރުޙަބާ ކީތަން. އެވަރުގެ ކަމެއްބާ މިކުރެވުނީ. ކީއްވެބާ ރާއްޖޭގެ އެސްއެސްޓީގެ ބޯޓުން ތި މުދާކޮޅު އުފުލާނުލީ؟ ބޮޑު ޚަބަރެއް ތިހަދާލީދޯ؟ ކަމަކަށްވާކަހަލަ ކަމެއްކޮށްލެވޭތޯ ބަލަމާހެއްޔެވެ. އެހެނީ 2023 ގައި އިންޑިއާމީހުންނަށް ދިވެހިރާއްޖޭގެ ވެރިއެއްހޮވުމަށް ވޯޓެއް ނުދެވޭނެއެވެ. ހަމަ ދިވެހިން ނަށް ވޯޓްދެވޭނީ. ވީމާ ދިވެހި ރައްޔަތުންނަކީ ބޯގަޅިންކަމުގައި ދުށުން ރަނގަޅެއްނޫނެވެ. ވާނުވާ އެތެރެއިންނާ ބޭރުންވެސް އެނެގެއެވެ.

  2. މަރުހަބާ ވޯރާ ވިޔާފާރި ކުދިންކޮޅަށް. އަދި ރަނގަޅުވާނެއެވެ. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.

Leave a Reply to ނާދު ޕީޕީއެމް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް