ޔޫކްރެއިނިސްކާ ޕްރާވްޑާއިން ޚަބަރު ފަތުރާފައިވާގޮތުގައި މިއަންނަ އޮކްޓޯބަރ މަހުގެ ކުރީ ކޮޅާ ހަމަޔަށް ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވް ހޙަމަލާތައް ހުއްޓުވަން ރައީސް ޕޫޓިންގެ ދިފާޢީ ވަޒީރު ސަރްގީ ޝޮއިގޫއަށް އަންގަވައިފިއެވެ.
މި އަމުރާގުޅިގެން ރަޝިޔާގެ ސިފައިން ކިތަންމެ ބޮޑު އަގެއް އަދާކުރަން ޖެހުނު ކަމުގައިވިޔަސް ޔޫކްރެއިންގެ ޙަމަލާތައް ހުއްޓުވުމަށްޓަކައި ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދެމުންގެންދާނެ ކަމަށް ބެލެވެއެވެ.
އިންސްޓިޓިއުޓް އޮފް ވޯރ ސްޓަޑީޒް އިން ބުނެފައިވަނީ ރައީސް ޕޫޓިން އުންމީދު ކުރައްވައިގެން ހުންނެވީ ރަޝިޔާއިން އަޅާފައިވާ ވަރުގަދަ ދިފާއީ ނިޒާމު ފޫއަޅުވާލަން އުޅެފިނަމަ ޔޫކްރެއިންގެ ސިފައިންނާއި ހުޅަނގުން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރުތަކަށްވެސް ބޮޑެތި ގެއްލުން ތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް ޕޫޓިން މިހާރު އަންގަވާފައިވަނީ ރަޝިޔާގެ ދިފާއީ ސަފުތަކާއި އިންތިޒާމްތައް ވަރުގަދައަށް ޙިމާޔަތްކޮށް އެ ސަފުތައް ފޫ އަޅުވާލުމުގެ ފުރުސަތު ނުދިނުމަށެވެ. އެނަލިސްޓުން ދެކޭގޮތުގައި މިގޮތަށް ހިފާއްޓާލެވިއްޖެ ނަމަ ދިގު މުސްތަގަބަލްގައި ރަޝިޔާއަށް ފައިދާ ކުރާނެއެވެ.
ޔޫކްރެއިންގެ ސިޔާސަތަކީ ހަނގުރާމައިގާ އެގައުމަށް ލިބޭ ގެއްލުން ސިއްރު ކުރުމާއިއެކު ލިބެމުންދާ ކިތަންމެ ކުޑަ ކާމިޔާބީއެއްވެސް މީޑިއާގެ ވާސިތާއިން ބޮޑުކޮށްގެން މަންޒަރު ދެއްކުމެވެ.