ޔޫރަޕްގެ އެންމެ ބާރުގަދަ ގައުމުކަމުގައި ޖަރުމަނު އޮންނަންޖެހޭނަމަވެސް ފެންނަމުންދަނީ ޖަރުމަނުން އަބަދުވެސް ޔޫރަޕާ ދެކޮޅުފަރާތްތަކާ ގުޅުންބަދަހި ކުރަމުންގެންދާތަނެވެ. ދުނިޔޭގައި ވެރިކަން ކުރަމުންގެންދާ އަނިޔާވެރި ސިޔާސަތު ދެނެގަނެ ޖަރުމަނަށް އެންމެ ފައިދާބޮޑީ ކޮން ގޮތަކަށް ސިޔާސަތު ބިނާކުރުމާއި ބައިވެރިން ކަނޑައެޅުމުންކަން ޖަރުމަނަށްވެސް އެނގެންޖެހޭނެއެވެ.
މިފަހަރު ޔޫކްރެއިން- ރަޝިޔާގެ ހަނގުރާނައިގާވެސް ވަކިފަރާތަކަށް ޖެހުން ޖަރުމަނަށް އޮތީ ނުކުޅެދިފައެވެ. ރަޝިޔާގެ ހަކަތައަށް ޖަރުމަނުން ބަރޯސާވާންޖެހިފައި އޮތް މިންވަރުގެ ސަބަބުން ރަޝިޔާއާއި ދުރަށް ދެވެންނެތީކަމަށް ބަލަމާހިނގާށެވެ.
އެކަމަކު އިނގިރޭސި ވިލާތާއި ޕޮލޭންޑް ފަދަ މަގާމަކަށް ޖަރުމަނުން އާދެވުމުންވެސް ޗާންސެލަރ އޯލަފް ޝުލްޒުގެ އަޅާލުން ކުޑަކަމުން ހަނގުރާމައިގެ ޓޭންކްތައް ޔޫކްރެއިނަށް ފޮނުވުންވެސް ދިޔައީ އިބިލީހުގެ ކައިވެންޏަށްވެގެން އަދުތޯ މާދަން އަށް ވެގެންނެވެ. މި ކުރެވުނު ތަޖްރިބާގެ ޢަލީގައިވެސް މެދުއިރުމަތިން ހުޅަނގުގެ އެންމެގާތް ބައިވެރިޔާ ސަޢޫދީ އެރޭބިޔާއާއެކު އެމަނިކުފާނު ގުޅުން ދަމަހައްޓަވަންޖެހޭ ގޮތާއިދޭތެރޭ ފިލާވަޅެއް ލިބުނު ކަމަކަށް ނުވެއެވެ.
ސަޢޫދީއަކީ އެގައުމުގެ އިސްލާމީ ގާނޫނުގެ ސަބަބުން އެކުގައި މަސައްކަތްކުރުން އެއްއިރެއްގައިވެސް ފަސޭހަ ގައުމެއްނޫނެވެ. އެހެންނަމަވެސް ހުޅަނގަށް ދިމާވާ ގިނަ މައްސަލަތަކެއްގައި ސަޢުދީގެ އެއްބާރުލުން ދަނީ ލިބެމުންނެވެ.
ގަލްފު ހަނގުރާމައާއި އަލްގާއިދާގެ މަރުކަޒުތަކާއިބެހޭ މަޢުލޫމާތުތައް ހުޅަނގަށް ފޯރުކޮށް ދިނުމުގައިވެސް ސަޢޫދީންގެ މަދަދު އޮތީ ލިބިފައެވެ. މިއިން ކޮންމެ ފަހަރަކުވެސް ސަޢޫދީ އެރޭބިޔާއަކީ ރަނގަޅު ބައިވެރިއެއްކަން އޮތީ ހާމަކޮށްދީފައެވެ.
ސަޢޫދީ އެރޭބިޔާއިން އިނގިރޭސި ވިލާތައް ޖާސޫސީ ސިއްރު މަޢުލޫމާތު ފޯރުކޮށްދެމުން ގެންދިއުމަކީ އެތައް ޒަމާނަކަށް ދެމިގެންދާ ޚިދުމަތެކެވެ. އެ ޚިދުމަތުގެ ކުރިބޯއްޓަށް ވާސިލު ވެވުނީ 1980 ވަނައަހަރު ތެޗަރގެ ސަރުކާރުން ސަޢޫދީއާއިއެކެ އެއްބަސްވި އަލް ޔަމާމަތު ޑީލްގެ ދަށުން ސަޢޫދީއަށް ޓޯރނާޑޮ ފައިޓަރސް ވިއްކުމަކީ އިނގިރޭސި ވިލާތަށް އެންމެ ފައިދާކުރަނިވި ގޮތްކަމަށާއި އަދި ސަޢޫދީ އެރޭބިޔާގެ ދިފާޢު ވަރުގަދަ ކުރުމަށްޓަކައި އެންމެ ފަހުގެޓައިފޫން ޔޫރޯ ފައިޓަރ ވިއްކުމަށް ނިންމުމަކީ މިވިސްނުމުގައި ވަރަށް ރަނގަޅުކަމެކެވެ.

އޭގެފަހުންވެސް އެކިފަހަރުމަތިން ސަޢޫދީގެ އެއަރފޯސް ވަރުގަދަކުރުމަށް ބޭނުންވާ ޓައިފޫން ފައިޓަރ ވިއްކުމާއިއެކު ހައުކް ތަމްރީނުތައްވެސް ވަނީ ފޯރުކޮށްދީފައެވެ. އެކަމަކު ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނު އެންމެފަހުން 2018 ގައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ސަޢޫދީއަށް 48 ޓައިފޫން ފައިޓަރ ވިއްކުމުގެ މައްސަލާގައި ޖަރުމަނުން އެއްބަސް ނުވުމުން މިއޮތީ މައްސަލަ ކުރިމަތިވެފައެވެ.
ޔޫރޯ ފައިޓަރ އުފެއްދުމުގައި ޖަރްމަނަކީ އޭގެ ބައިވެރިއަކަށް ވުމުގެ ސަބަބުން އެބާވަތުގެ ފައިޓަރޖެޓް ވިއްކުމުގައި ޖަރްމަނުގެ ރުހުން ކޮންމެހެންވެސް ބޭނުންވެއެވެ. ޔޫކްރެއިނަށް ޔޫރޯފައިޓަރ ފޮނުވަން ޖަރްމަނުން ދެކޮޅު ހެދުމުގެ އިތުރުން ސަޢޫދީއަށް ވިއްކަން އިނގިރޭސި ވިލާތުން ބޭނުންވާ 5 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޔޫރޯ ފައިޓަރ ޖެޓްގެ ޑީލަށްވެސް ޖަރްމަނުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ޔޫކްރެއިންގެ ސުލްޙައިގެ ވާހަކަތަކަށް މަގުފަހިކުރަން މަސައްކަތްކުރުމާއި އަދި ނިއު ދިއްލީގައި ބޭއްވުނު ޖީ-20 ގެ ބައްދަލުވުމުގައި ސަޢޫދީން ކުޅުނު ރޯލަކީ ހަމަގައިމުވެސް ހުޅަނގުން ބަލާގަންނަންޖެހޭ ކަންތަކެވެ.
ހަމައެއާއިއެކު ރައީސް ބައިޑެންގެ ސިޔާސަތުގެ ސަބަބުން ސަޢޫދީ އެރޭބިޔާއިން ހުޅަނގާ ފެޔަށްޖެހި ޗައިނާ އާއިއެކު ގުޅުން ބަދަހި ކުރުމަކީވެސް ފާހަގަ ކުރަންޖެހޭ ކަމެކެވެ.