ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިއީ މަޖިލީހުގެ ރައީސް ނަޝީދުގެ ދައުވަތަކަށް އިންތިޒާމު ކުރެވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސައިިން މުޙައްމަދު ލަޠީފް (ސެމްބެ) އާއި މަޖިލީހުގެ ނައިބު ރައީސް އީވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުޢިއްޒު ވިދާޅުވީ ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެކެވެ. އެކަން އެގޮތުގައި ހާސިލުވާނެ އޭނާގެ ޔަގީންކަން އެބައޮތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.