ދިވެހީންގެ ރާއްޖެ ހޯދުމަށް މިއަދު ނުތެދުވެއްޖެނަމަ ދެން ދުވަހަކު ވެސް ދިވެހީންގެ ރާއްޖެ ނުހޯދޭ ހާލަތަށް ހިނގައިދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާފަންނުގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ދިވެހިންނަށް މިހާ އަމާންކޮށް ސުލްހަވެރިކޮށް ތިބެވެނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހީންގެ ރާއްޖެ ދިވެހީންގެ އަތުން ގެއްލިގެންދިޔަ ކޮންމެ ފަހަރަކު ވެސް ދިވެހި ގައުމީ އަބުތާލުން ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވި ކަމުން ކަމަށެވެ.
އެހެންކަމުން މިއަދު ލިބޭ މަދު ފައިސާކޮޅަކަށް ލިބޭ ޕްރޮޖެކްޓަކަށް ނުވަތަ މަގާމަކަށް މިނިވަންކަން ވިއްކައިލާފަދަ ޗީޕް ބަޔަކަށް ވެގެން ނުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ގައުމަށް އޮތް ލޯބި ވޯޓުން ދައްކައިފިނަމަ 1 އޮކްޓޯބަރުގައި އަލިވިލޭނީ މިނިވަން ޖައްވަކަށް ދިވެހީންގެ ރާއްޖެ އަށް ކުރާ ދަތުރު ފަށާ ފަތިހަކަށް. ފުރުސަތު ދެއްވައިފިނަމަ މި ގައުމުގެ މިނިވަންކަން އަޅުގަނޑު ޔަގީންކޮށްދޭނަން. އެންމެ މުހިންމީ މިނިވަންކަން ދިފާއުކުރުން.“
މުޢިއްޒު އިތުރަށް ވިދާޅުވީ މިތަނުގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއް ނޫން ކަމަށާއި 51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ އިންޑިޔާ ސިފައިން މިތަނުން ބޭލުމަށް އެޅޭނެ ބާރެއް ކަމަށެވެ.
One Response
Aharumen dhuniye ah heylaigathinsure miulheny hama Divehiraajjega thibeyfulha thiulheny kon raajje eh houdhan tha thi dhakkany huss holhi vaahaka, MDP verikan othiyya mi raajje onnaanee abadhuves divehinge athuga aharemen mee abadhuves musslimun dhenves thibeyni hama muslimun gothuga gadhakon Insha Allah