ހދ.އަތޮޅު ކައުންސިލުގެ ރައީސް ސިރާޖު ޕީޕީއެމްއަށް 

Loading

September 23, 2023
profile
Facebook
Twitter
WhatsApp

ހދ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

އެ ޖަލްސާގައި ސިރާޖުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ މުޢިއްޒުގެ އިތުރުން ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވިއިރު ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް