އޯ ޝެއިޚް !

Loading

Facebook
Twitter
WhatsApp

ގުރުއާނާއި ސުންނަތުގެ އަލީގައި އިއްވަވާ ޚުތުބާތަކާއި ލޮލުން ކަރުނަ އައިސް ރޮވޭފަދަ ޙާލުގައި ދެއްވާ ދީނީ ތަގްރީރުތަކަށްފަހު އަޅުގަނޑަށް މިހާރު ދެންނެވެން އޮތީ “ އޯ ޝެއިޚް! އެވެ.

ތިފަދަ ނިކަމެތި ފެންވަރަށް ތިބާގެ ޢަމަލު މިދިޔައީ ކީއްވެތޯއެވެ! ދުނިޔޭގެ ކޮންފަދަ މަންފާއެއް ނުލިބިގެންތޯއެވެ. ބޭނުންފުޅުވާކަަމަށް ވިދާޅުވަމުން ގެންދެވީ އާޚިރަތެވެ. އެހެނީ ދުނިޔެއަށްވުރެ އާޚިރަން ރަނގަޅުކަމުގައެވެ. އަޅުގަނޑަށް ގަބޫލު ކުރެވުނީ ތިބާމެން ރައްޔަތުންގެ ބަޔަކަށް ދީނީ ވައުޒު ދެއްވާއިރު އަޑު މަޑުވާ ތަންކޮޅުއައިސް ލޮލުން ފެންކަޅިވާ ބައެއްވަގުތު އަންނަނީ ތިބާމެން ހެއްދެވިފަރާތަށް ބިރުވެތިވެވޭތީ ކަމަށެވެ. 

ހާދަ ދެރައެވެ! ފެންނަ މަންޒަރުތަކާއި ތިބާމެން މިހާރު ޕޯޑިއަމް ތަކުގައި ޖައްސާރެޕް ކުރައްވަންފެށީމާ ތިބާމެން ގެ އީމާން ކަމާއި އެ ފެންކަޅިވުމާއި ދެމެދު ފެނިގެންދަނީ މުނާފިގު ކަމެއްނޫންތޯއެވެ؟ ދީނީ ޢިލްމް ތިބާމެނާއި ގާތަކަށްވެސް ނުއެނގޭތީ މިގޮތަށް ވިސްނެނީ ކަމުގައި ވެދާނެއެވެ. ޚާއްސަ ގޮތެއްގައި މޭޑޭ އިމްރާނާއި ޝެއިޚު އިލްޔާސް ޖަމާލަށް އަޅުގަނޑު ހިތުގައި ޝައްކު އުފަށްދައިފިއެވެ.

އިހަކަށް ރޭގައި ޝެއިޚް އިލްޔާސް ޖަމާލު، ރައީސް އިބްރާހީމަކީ ފަހުގެ ތާރީޚު ދުށް އެންމެ ރަނގަޅު އިސްލާމީ ވެރިއެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކައި، އޭނާއަކީ އިސްލާމްދީނަށް އެންމެ ބޮޑަށް ނަސްރު ދިން އެއް ވެރިއެއްގެ ގޮތުގައި ސިފަަކުރި ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަތަކާއި މޭޑޭ އިމްރާނު ޑރ. މުޢިއްޒުއަށް މަލާމާތްކޮށް އެބުނި ޣީބަތަކުން އަޅުގަނޑު ހަމަ ކޮސްކޮލުވައިފިއެވެ. މި މީހުނަށް ނަޒަރު ހިންގާލުމަށްފަހު ހިތާމަޔާއިއެކު ރައީސް އިބްރާހިމްގެ މުޑުދާރު ކެމްޕޭނަށް ބަލާލަމާތޯއެވެ.

ތިރީގައި މި ވަނީ ވާހަކަ ދެއްކި ބައެއް ހަރުކަށި މީހުން އެ ތަރުތީބުންނެވެ.

ޢިއްޒަތްތެި މެމްބަަރު މީކާއީލް ނަސީމް، މީނާއަކީ އިސްލާމީ ޙުކުމްފުޅުތަކަށް ޓްވިޓާއާއި އެކިއެކި ޕްލެޓްފޯމް ތަކުގައި ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާ މީހެކެވެ. މޫނު ބުރުގާ އަޅާ އަންހެނުންނަށް އެހާ ބޮޑަށް ފުރައްސާރަ ކޮށްފައިވެއެވެ. ޢިލްމުވެރީންނަށް އެހާ ބޮޑަށް ފުރައްސާރަ ކޮށްފައިވެއެވެ. ލާދީނީ ސެކިއުލާރ ފިކުރުގެ ބޮޑެކެވެ. ޔަޢުނީ ސިޔާސީ ހަރުކަށި ފިކުރުގެ މުއްލާއެކެވެ.

ހަރ އެކްސެލެންސީ މިނިސްޓަރު އާމިނަތު ޝަޢުނާ ދެވަނައަށް ވާހަކަ ދެއްކި މިނިސްޓަރުވެސް ”ރެޑް ބެލޫން“ ކަލްޓެއް ކަމަށް ގިނަ ރައްޔަތުން ބުނެތެވެ.މީނާއަކީ ހުކުރު ޚުތުބާއަށް ހޮޓް ބާރ ކިޔައި އެތައް ދުވަސްތަކެއް ވަންދެން ފުރައްސާރަކުރި ސިޔާސީ ހަރުކަށި ފިކުރުގެ މީހެކެވެ. ދީނީ ޢިލްމުވެރީންނަށް ވެސް އެހައި ބޮޑަށް ފުރައްސާރަ ކޮށްފައިވާ ދީނަށް ފުރަށްސާރަކުރާ މީހެކެވެ.

ހިސް އެކްސެލެންސީ ދަ ޕްރެސިޑެންޓް އޮފް އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސްގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ތިންވަނައަށް ވާހަކަ ދެއްކެވިއެވެ. ( އަޅުގަނޑުގެ މިވަގުތުގެ ރައީސް އަށް ވުމާއިއެކު އެމަނިކުފާނު ރައްޔަތުންގެ ނިންމުންތަކަށް ގޮންޖެއްސަވާއި މިފަދަ ދަށުދަރަޖައިގެން ސިޔާސީ ހަރުކަށި ފިކުރުގެ މީހުން މެދުވެރިކޮށް ބުނެވިދިޔަ ނޭއްގާނީ ބަހުރުވައިން އަދަބާއި ޚިލާފަށް ޕޯޑިއަމްތަކުގެ ޖެއްސުވިޔަސް، އެއްޗެއް ބުނާކަށް ނެތީމެވެ. އެހެނީ އެއީ އަހަރެމެން އޭރު ހޮވި ދައުލަތުގެ ރައީސް ކަމުގައިވާތީއެވެ. ނަމަވެސް މިފުރުސަތުގައި ރައީސް އަށް ވަރަށް ވެދުން ދަންނަވަމެވެ.

އޮނަރަބްލް އެމް.ޕީ. ދޮންބިލެއް އަޙުމަދު: ތިންވަނައަށް ވާހަކަ ދެއްކީ މި ދޮންބިލެތެވެ. މީނާއަކީ މަޖިލީހުގައި ވެސް ޢިލްމުވެރީންނަށް ވަރަށް ފުރައްސާރަކޮށް އެއްޗެހި ގޮވާ އެންމެ ޙަޔާތްކުޑަ މީހެއްކަމުގައި ރައްޔަތުން ލައިވް ޓީވީއިން ދެކެފައިވާ ސިޔާސީ ހަރުށި ފިކުރުގެ މީހެކެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ދެފަޅުރަށް ނަގައި ރައްޔަތުންނަށް ދަތުރުފަތުރުގެ ނިޒާމެް ހިލޭ ގައިމުކޮށްދޭން ބުނެ ވަޢުދުވެ އެކަންވެސް ކޮށްނުދީ ސީ.އެސް.އާރ ގެދަށުން ލިބިދިން ދެ ރަށްުން އެއްރަށް ވިއްކާލައި އަނެއް ރަށް ޕާޓްނަރޝިޕްގެ ދަށުން ހަދައިގެން ފަލިޖަހަމުން ގެންދާ މީހެކެވެ. ޝައްކެއްނެތި ސިޔާސީ ހަރުކަށި މީހެކެވެ.

ސްޓޭޓް މިނިސްޓަރު ”ޝެއިޚް“ އިލްޔާސް ޖަމާލު–ފަސްވަނައަށް ވާހަކަ ދެއްކިއެވެ. މީނަޔަކީ އެމް.ޑީ.ޕީ. އަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމާއި، ލާދީނީ ބައެއް ކަމަށް އެންމެ ބޮޑަށް އަޑަށް ބާރުލައި ބިސްމީގެ ބަރަކާތުން ބުނެދީފައިވާ ”ޝެއިޚެވެ“. ދީނީ/ލާދީނީ ކާޑު އެންމެ ބޮޑަށް ކުޅެމުން ދިޔަ އެކެކެވެ.މިހާރު ބުނެވެން އޮތީ ދީނީ ހަރުކަށި ފިކުރުގެ މީހެއްކަމުގައެވެ. ނުވަތަ މުނާފިގުންގެ ސިފަ ހުރިކަމަށް ބެލިދާނެ މީހެއްކަމަށެވެ.

މިނިސްޓަރު އަޙްމަދު މަހްލޫފު: ބުނެވޭގޮތުގައި ކުރީން ވަރަށް ވަޠަނީ ރަނގަޅު ފިކުރެއްގައި ހުރި މީހެކެވެ. އޭނާ ބުނެފައިވާގޮތުގައި އެމް.ޑީ.ޕީ އާއި ތިމަންނަ ގުޅެފިކަމުގައިވާނަމަ މަރުވެފައިވާ މައިމީހާވެސް އެނބުރި ދުނިޔެއަށް އަންނާނެ ކަމަށެވެ. 

ޔައުނީ އެފަދަ ފަނާކުރަނިވި ޢަމަލެއް އޭނާ ނުހިންގާނޭ ކަމަށެވެ. އެހެނަސް ކަންވީގޮތް ދެކެބަލާށެވެ. މިނިސްޓަރު ކަމެއްގެ އޮފަރ ލިިބުމުން އެކަމަށްޓަކައި އެބުނި އެމް.ޑީ.ޕީ.އަށް ބަދަލުވިގަތީއެވެ. އެ ފަހުން، ލާދީނީ ކަންކަމަށް އެއްބާރުލު ދިނުމުގައި އެއްވެސް ފަސް ޖެހުމެއް ނެތި އުޅޭ މީހެއްކަމުގައި މިހާރު ދިވެހިން ބުނެއުޅެތެވެ. ލާދީނީ ޓެގް އެޅުނު އެންމެބޮޑު ކަމަކަށް ވެގެންދިޔައީ ޔޯގާއަކީ އޭނާގެ ހުތުގެ ވިންދު ކަމުގައި ވުމާއި ގުޅިގެނެވެ. ހަމަ އެއާއި އެކު ރާއްޖޭގެ ގިނަ ޢިލްމުވެރީންނަށް ވަރަށް ގިނަ މުޑުދާރު އެއްޗެހި މިހާރު ވެސް ކިޔަމުން ދާ ސިޔާސީ ހަރުކަށި ފިކުރުގެ މީހެއްކަމުގައި މިވަނީ ފާހަގަ ވެފައެވެ.

މިއީ އިހަށް ރޭގެ ޖަލްސާގައި ރައީސް އިބްރާހިމަށް ސަޕޯޓް ދީ ވާހަކަ ދެއްކި މީހުންނެވެ. ދެން ސުވާލަކީ މިހެންވުމުން މިއީ އެންމެ ދީންވެރި، އެންމެ އޯގާތެރި އެންމެ ބޮޑަށް އިސްލާމްދީނަށް ނަސްރު ދެއްވި ރައީސޭ މި ޝެއިޚް އިލްޔާސް ޖަމާލުމެން ބުނަނީ ކިހިނަކުންތޯއެވެ؟ 

ކެމްޕޭން ޖަލްސާތަކުންވެސް މި އޮތީ ލާދީނީ ސެކިއުލާރ މީހުން ނުވަތަ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ބޭނުން ކުރައްވައި ފިތުނަ ބަންޑުން ކުރައްވާފަނޫންތޯއެވެ؟ މިފަދަ ޕޯޑިއަމް ތަކަށް އަރައި، ޝެއިޚް އިލްޔާސް ޖަމާލު ރެޕް ލަވަ ކިޔައި، ތިޔަހެން ވާހަކަ ދައްކަން ލަދު ނުގަނޭތޯއެވެ؟ ނިންމާލަމުންވެސް ދެންނެވޭނީ އޭ ޝޭޚް އެވެ!

އަދި ދަންނަވަމެވެ. ބައެއް ފަހަރު ކޮށިއެރުމަކީ ވެސް ރަޙްމަތެކެވެ. މާތް ﷲ ޝެއިޚް އިލްޔާސް ޖަމާލުއާއި ބޮޑު ޝޭޚް އިލްޔާސް ދުލުން އިތުރަށް މި އަނިޔާވެރި ލާދީނީ ސަރުކާރު ދިފާޢުކޮށް، ޢަދުލާއި އިންޞާފުން ބޭރު ވާހަކަ ދައްކައި، ރައްޔިތުންނަށް އޮޅުވާލައި، ދީނާއި ޤައުމަށް ޚިޔާނާތްތެރި ވުމުން ދުރުކުރެއްްވަނީނޫން ކަމެއް ވެސް ނޭނގޭނޫންތޯއެވެ؟ ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ

Loading

4 Responses

  1. ހުރިހާ ޝޭޚުންނަށް ދަންނަވަން ވައްކަން ކޮށްގެން ޖަލުގަ ޝަރުޢީ ޙުކުމެއްގާ ވާމީހަކު އޭންގެ ވެރިކަމުގާ ހިންގި އަނިޔާތަކާ އަދި އެސަރުކާރުގެ ހިންގި ޖަރީމާތައް ހިންގުމަށް ހިއްވަރު ދިން މީހަކު އެމީހުން އެ އަނިޔާވެރި ވެރިކަން އަލުން އިއާދަވެ ނުދިނުމަށް މަސައްކަތް ކުރުމަކީ ދީނީގޮތުން ކޮންމެ މީހެއްގެ މައްޗަށް ކުރުން ލާޒިމުކަމެކޭ. އަފްރާޝީމު ތިމަންނަ ނުމަރަމޭ ކިޔާ އައްޑޫ ޖަލްސާއެއްގް ޚަތިމު އަތްލާ ޔާމީނު ހުވައިކުރީ ކޮންޝަރީޢަތުގެ މަޖިލީހެއްތޯ އެއީ މި ކަންކަމާ ވިސްނާލީ ކިތައް މީހުންތޯ ބިރުވެރި

  2. ފޭކް އިލިޔާސްޖަމާލަކީމުނާފިގެކޭނުބުނާނަން އެކަމަކު މުނާފިގެއްގާ ހުންނާނޭކަމައްބުނާ ހުރިހާސިފަޔެއް ފޭކްއިލިޔާސްގައި އެބަހުރި

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް