މުޢިއްޒުގެ ސުވާލެއް: ވެންޓިލޭޓަރުތައް ކޮބައިތޯ؟ 30 މިލިއަން ރުފިޔާ ކޮބައިތޯ؟

Loading

September 21, 2023
profile
Facebook
Twitter
WhatsApp

ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި އެކަމުގައި ގެއްލުނު ފައިސާއަށް ވީ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ.ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ

ކޮރަޕްޝަން އިންތިހާއަށް މި ސަރުކާރުގައި ދިޔަ ދިޔުމަށް ޖަވާބެއް ނުދެވި މިއުޅެނީ ކީއްވެތޯ ރައްޔިތުން ސަރުކާރާ ސުވާލު ކުރަންޖެހޭ ކަމަށެވެ. 

ޑރ.މުޢިއްޒު ވިދާޅުވީ ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީ ގޮތާއި އެކަމުގައި ގެއްލުނު 30 މިލިއަން ރުފިޔާއަށް ވީ ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.

“ކޮބައިތޯ ކޮވިޑްގައި ވެންޓިލޭޓަރުތައް ގެނައުމަށް ޚަރަދުކުރި 30 މިލިއަން ރުފިޔާ. މިއަށް ސަރުކާރުން ޖަވާބުދާރީ ވާންވީ ނޫންތޯ؟“

މީގެއިތުރުން މުޢިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމަށް 190 މިލިއަން ޑޮލަރު ޚަރަދުކޮއްފި ކަމަށާއި އަދި އެންމެ ތަނބެއްވެސް ނުފެން ކަމަށެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އަޅާއިފައިވާ ބުރިޖް އެއީ ވެސް 190 މިލިއަން ޑޮލަރު ކަމަށާއި އެތަން އެއޮތީ ފެންނަން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެކަމަކު މިސަރުކާރުން އަޅާ ބްރިޖަށް 190 މިލިއަން ޚަރަދު ކުރި އިރު ބްރިޖް ވީނުވީ ތަނެއްވެސް ނޭނގޭ ކަމަށާއި ވޯޓަކަށް ރައްޔިތުންގެ ގާތަށް އަންނައިރު މި ސުވާލުތަކަށް ސަރުކާރުން ޖަވާބު ދޭންޖެހޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް