ސިވިލް ކޯޓުގެ އިސް ގާޒީ ނިމާލް އަވަހާރަވެއްޖެ

Loading

September 20, 2023
profile
Facebook
Twitter
WhatsApp

ސިވިލް ކޯޓުގެ އިސް ގާޒީ އަޙްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ގޭގައި އުޅުއްވަނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ އަވަހާރަވެފައެވެ.

ނިމާލު އަވަހާރަވިއިރު އުމުރުފުޅަކީ 36 އަހަރެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ނިމާލް އަވަހާރަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ނިންމަވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް