ކެބިނެޓަށް އައްޔަންކުރާނީ ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން: ޑރ.މުޢިއްޒު

Loading

September 20, 2023
profile
Facebook
Twitter
WhatsApp

ކެބިނެޓުގެ މިނިސްޓަރުންގެ މަގާމުތަކަށް އައްޔަންކުރައްވާނީ އެ ބޭފުޅަކު މަސައްކަތް ކުރައްވާ މިނިސްޓްރީއެއްގެ ތަޖުރިބާއާއި އިލްމު ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ރޭ ކުރިއަށްގެންދިޔަ “އާސްކް މުޢިއްޒު“ ޕްރޮގްރާމުގައި ބައިވެރިއަކު ވަނީ މުޢިއްޒުގެ ވެރިކަމުގައި ކެބިނެޓް އެކުލަވައިލާނެ ގޮތާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ޑރ.މުޢިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަނަށް އައްޔަންކުރައްވާނީ ޖަމްއިއްޔަތުއްސަލަފުން ނަން ފޮނުވާާ ބޭފުޅެއް ކަމަށް ބުނާ ވާހަކައާ ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި މުޢިއްޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ ނަމަވެސް އަދި ކޮންމެ މިނިސްޓްރީއަކަށް ވިޔަސް ހަމަޖައްސަވާނީ އެ ދާއިރާތަކުން ތައުލީމާއި ދާއިރާތަކުގެ ތަޖުރިބާ ހޯދާފައިވާ ބޭފުޅުން ކަމަށެވެ.

“ވަކި މީހަކު ބުނާ މީހަކު ކެބިނެޓަށް ލައިގެން ނުވަތަ ވަކި ޕާޓީއަކުން ބުނީމަ ލައިގެން ނޫނީ ވަކި މީހެއްގެ ރެކޮމެންޑޭޝަނެއް އައިސްގެން ކަންކަން ރަނގަޅު ނުވާނެ.“ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އައްޔަން ކުރައްވާނީ އެ ބޭފުޅަކާ ދޭތެރޭ އޭނާއަށް ޔަގީންކަން އޮންނަ ބޭފުޅުން ކަމަށެވެ.

“ކެބިނެޓަށް ލާ ބޭފުޅުން ވާނީ ހިންގުންތެރި ހީވާގި ޓެކްނިކަލީ އެ ދާއިރާގެ ތައުލީމާ ތަޖުރިބާ ހުރި ބޭފުޅުން.“ ރައްޔިތުން ފަޚުރުވެރިވާފަދަ ކެބިނެޓެއް އެކުލަވައިލައްވާނެކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒުގެ ވެރިކަމެއްގައި ކެބިނެޓަށް އައްޔަން ކުރައްވާާނެ ބޭފުޅުން ކަމަށް ބުނެ ސޯޝަލްމީޑިއާގައި ލިސްޓެއް އާންމުކޮށްފައިވާއިރު އޭނާ ވިދާޅުވީ އަދި ކެބިނެޓް އެކުލަވާލައިފައި ނުވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް