ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ 5 މަަސް ބޯޓު އަތުލައިގެންފި

Loading

September 19, 2023
profile
Facebook
Twitter
WhatsApp

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 މަސް ބޯޓު އަތުލައިގެންފިއެވެ.

އޭގެތެރެއިން 4 ބޯޓު ހިފަހައްޓާފައިވާކަން އެމްއެންޑީއެފްއިން ހާމަކުރީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި އެ ބޯޓުތައް  ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އދ. މަހިބަދޫ ”އަސުރުމާ“ ނަމަކަށް ކިޔާ މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ 

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ އިތުރު ބޯޓެއް އަތުލައިގެންފައިވާ ކަމަށް ވެސް ބުނެފައެވެ.

މި ބޯޓުތަކަކީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. މިފަދައިން އަތުލައިގަންނަ ބޯޓުތަކުގެ ތެރޭގައި އިންޑިއާއާއި ލަންކާގެ ބޯޓުތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް