ހިފާއްޓާފައިވާ އީރާނުގެ ފައިސާއިން 6 ބިލިއަން ޑޮލަރު އަނބުރާ ދެނީ

Loading

September 16, 2023
profile
Facebook
Twitter
WhatsApp

އީރާނުގައި ހިފާއްޓާފައި ތިބި އެމެރިކާގެ ފަސް ރައްޔިތަކު މިނިވަންކުރުމަށާއި އަދި އެމެރިކާގައި ހިފާއްޓާފައިތިބި އީރާނުގެ ފަސް ރައްޔިތަކު މިނިވަން ކުރުމަށްޓަކައި ކުރެވެމުންދިޔަ މަޝްވަރާތައް ކާމިޔާބު ކުރެވިއްޖެއެވެ.

އެގޮތުން އެމެރިކާގެ އަމުރަށް ދެކުނު ކޮރެއާގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާގެ ތެރެއިން 6 ބިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތް ގޮތުގައި ބައިނަލް އަގްވާމީ ފައިސާ ބަދަލުކުރުމުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އީރާނަށް އަނބުރާ ދިނުމަށްޓަކައި ގަތަރުގެ ބޭންކަކަށް ޓްރާނސްފަރ ކުރުމުގެ މަގު އެމެރިކާ ސަރުކާރުން ހުޅުވާދީފިއެވެ.

ދެގައުމުން މި މައްސަލާގައި އެއްބަސް ވެވުމާއެކު މިދިޔަ ހަފުތާގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ މި އަމުރުގައި ސޮއި ކުރައްވާފައިކަން އެސޯޝިއޭޓެޑް ޕްރެސްއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް އެމެރިކާ ސަރުކާރުން އަދި އެ އަމުރު ކޮންގްރެސްއަށް ފޮނުވާފައެއް ނުވެއެވެ.                                         

އީރާނުގެ ފައިސާ ދޫކުރަން އެމެރިކާއިން ގަސްދުކޮށްފައި ވާކަމާއި އެމެރިކާގައި ހިފާއްޓާފައިތިބި އީރާނުގެ ފަސް ރައްޔިތުންވެސް އަނބުރާ އެ ގައުމަށް ފޮނުވަން އެމެރިކާއިން ގަސްދު ކޮށްފައިވާކަން ކުރިންވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް އީރާނުގެ ފަސް ރައްޔިތުންގެ ވަނަވަރު އެމެރިކާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.             

އެމެރިކާ ސަރުކާރުގެ މިނިންމުމަށް އިދިކޮޅު ރިޕަބްލިކަނުން ގެންދަނީ ފާޑު ކިޔަމުންނެވެ. އަދި އީރާނަކީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ފައުޖުތަކަށް ހުރި ބިރުވެރިކަމެއް ކަމުގައިބުނެ މިފައިސާގެ ސަބަބުން އީރާނުގެ އިގްތިސާދުވެސްކުރިއެރުމަށް މަގުފަހިވެގެން ދާނެތީ ނުރުހުން ފާޅުކުރަމުންނެވެ.

މިމޭރުމުން ވާހަކަދައްކަވަމުން އައިއޯވާގެ ސެނޭޓް ޗަކް ގްރެސްލީ އާއި އަރްކަންސާސްގެ ސެނޭޓް ޓޮމް ކޮޓްން ބުނެފައިވަނީ އެމެރިކާގެ ފަސް ރައްޔިތަކު މިނިވަންކުރުމުގެ ނަމުގައި 6 ބިލިއަން އެމެރިކާޑޮލަރު ދޫކުރަން ރައީސް ބައިޑްން އެއްބަސްވެ ވަޑައިގަތުމަކީ އެމެރިކާ ރަހީނުކުރުން ފަދަ ކަމެއް ކަމަށެވެ. ދެރަކަމަކީ އެމަނިކުފާނަށް އެނގިވަޑައި ނުގަތީ އެއީ ބައިނަލް އަގުވާމީ ގާނޫނާއި ހަމަތަކާއި ދެކޮޅަށް އެމެރިކާއިން ހިންގާފައިވާ ޖަރީމާއެއްކަމެވެ!                                               

އީރާނުގެ ފައިސާ އަނބުރާދިނުމާއި ބެހޭގޮތުން ޚާރިޖީވަޒީރު ބްލިންކަން ލިއުއްވާފައިވަނީ އެ ފައިސާ އީރާނަށް އަނބުރާ ދިނުމަށާއި އަދި އެ މުޢާމަލާތު ކުރުމުގައި ހުއްދަ ދެވިފައިވާ ޖަރުމަނާއި އަޔަރލޭންޑާއި ގަތަރާއި އަދި ރިޕަބްލިކް އޮފް ކޮރެއާގެ ބޭންކުތަކުން އެ މުޢާމަލާތުގައި ބައިވެރިވުމަކީ އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާ ކުރެވިފައިވާކަމަށެވެ.

އަދި މިނިންމުން މިގޮތަށް ނިންމީ އެމެރިކާގެ މަސްލަޙަތު ވަރަށްބޮޑަށް އެކުލެވިފައިވާ ކަމެއް ކަމުގައި ވާތީއެވެ. އަދި އެފައިސާ ބޭނުންކުރުމުގެ ހުއްދަ އީރާނަށް ދެވިފައިވަނީ ހަމައެކަނި އިންސާނިއްޔަތަށް ބޭނުންވާ ޚަރަދުތައް ކުރުމަށެވެ. ކޮންފަދަ އިންސާފެއްތޯއެވެ؟ 

ގައުމެއްގެ ފައިސާ ގަދަބާރުން އަތުލައިގެން ބޭންކްތަކަށް އަޅާ ފައިދާހޯދުމަށްފަހު އެފައިސާގެ ވެރިފަރާތްތައް އެފައިސާ ދޫކުރުން މަޖުބޫރު ޙާލަތުގައި ދޫކޮށްފައި އެފައިސާ އަދިވެސް ބޭނުންކުރަންޖެހޭނެ ގޮތްވެސް ޝަރުރު ކުރީއެވެ. އެމެރިކާގެ އިންސާފަކީ މިއީތޯއެވެ؟                                     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް