ބިންހެލުމުގެކުރިން އުޑުމަތިން ފެނިގެންދިޔަ އަޖައިބުކުރުވަނިވިއަލިކަން

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހު މޮރޮކޯގެ މައްރަކޭޝް ސަރަހައްދަށް އައި ބިންހެލުމުގައި އެތައްބަޔަކު މަރުވެ އިމާރާތްތައް  ބިމާހަމަވެ އެތައް ބަޔަކު ވިއްސިވިހާލިވެ މުޅި ދިރިއުޅުން ވަނީ އަލުން އިއާދަނުކުރެވޭ ބަރަށް ބަނގުރޫޓު ވެފައެވެ. 

މި ބިންހެލުމުގެ ކުރިން އެސަރަޙައްދުގެ އުޑުމަތިން ފެނިގެންދިޔަ އަޖައިބުން ފުރިފައިވާ އަލިކަމުގެ ސަބަބު، އޮޅުންފިލުވާދިނުން މިއަދާހަމަޔަށްވެސް ސައެންސުވެރިން ވަނީ ނުކުޅެދިފައެވެ.ބިންހެލުމާބެހޭ ތަޖްރިބާކާރުންވެސް ބުނަމުންގެންދަނީ އެ އަލިކަން ދިރާސާ ކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށެވެ.                   

ރޮއިޓާރސް އިން މަޢުލޫމާތު ދީފައިވާގޮތުގައި މިހާތަނަށް ގާތްގަނޑަކަށް ތިންހާސް މީހުން މަރުވެ ހައެއްކަހާސްމީހުން މި ކާރިސާގައި ވަނީ ޒަޚަމްވެފައެވެ.                                              

ބިންހެލުން އަންނަން އުޅޭކަން އަންގައިދޭ އަލިކަން ފެންނަވާހަކައަކީ ކުރިއްސުރެން ދެކެވޭ ވާހަކައެކެވެ. ނޯތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީ ގެ ފިޒިސިސްޓް ކާރެން ޑެލިއަލްސް ނިއުޔޯރްކު ޓައިމްސްއަށް ކިޔާދިންގޮތުގައި މިއީ އަންޒަމާނުއްސުރެން އިންސާނުން ތަޖްރިބާކުރަމުން އަންނަ، އެކަމަކު އޭގެ ޙަގީގަތް ހޯދިފައި ނުވާ ކަމެކެވެ.

ބިންހެލުމާއި ގުޅުންހުރި ކަމަށް ގަބޫލުކުރަމުން އަންނަ މި އަލިކަމަކީ ހީއެއް ކަމުގައިވެސް މާޒީގައި ވަރަށްގިނަފަހަރު އޮތީ ގަބޫލުކުރެވިފައެވެ.އެހެންނަމަވެސް މިއަދު ދުނިޔެދެކެމުން މިދާ ފެންވަރު ރަނގަޅު ކެމެރާތަކާއި އަދި ވަގުތުން ވީޑިއޯކުރެވޭ މޮބައިލްފޯނުގެ ސަބަބުން އެއީ ހަމައެކަނި ހީއެއްކަމުގައި ދުށް ޒަމާން މާޒީ ވެގެން ހިގަނޖެއެވެ.

މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާގޮތުގައި 2021 ވަނައަހަރު މެކްސިކޯ ސިޓީއަށް އައި ބިންހެލުމާއި 2022 ވަނައަހަރު އިރުމަތީ ޖަޕާނަށް އައި ބިން ހެލުމުގައިވެސް ހަމަ މިގޮތަށް އަލިކަން ފެނިފައިވެއެވެ. މިހުރިހާ ވަސީލަތެއް ލިބިފައިވީ ނަމަވެސް ބިންހެލުމެއް އަތުވެދާނެ ވަގުތު ލަފާކުރުމުގައި ސައެންސް ވެރިން ތިބީ ނުކުޅެދިފައެވެ.

ސެޓީ އިންސްޓިޓިއުޓުގެ ޖިއޯފިޒިސްޓް ފްރީޑްމަން ފްރިއަންޑް ވޯޝިންގްޓަން ޕޯސްޓަށް ކިޔާދިންގޮތުގައި ބިންހެލުމާގުޅޭ އަލިކަމަކީ ޓެކްޓޯނިކް ޕްލޭޓްތައް ފައްތަރު އެރުމުން މެދުވެރިވެގެންދާ ލޮޅުމެއްގެ ސަބަބުން އުޑުމަތީގައި އުފެދޭ އިލެކްޓްރިކް ޑިސްޗާޖެއްގެ ނަތީޖާއަށް ވުން ވަރަށް ގާތެވެ. 

އެހެންނަމަވެސް ކާރެން ޑެނިއަލްސްގެ ރައުޔު މުޅިން ތަފާތެވެ. އޭނާގެ ވިސްނުމުގައި ފެނިފައިވާކަމަށް ވާހަކަ ދެކެވޭ އަލިކަމަކީ ބިންހެލުމާ ގުޅުންހުރި އެއްޗަކަށްވެސް ވެދާނެއެވެ. އިންސާނުންގެ ވިސްނުމަށް ގެނެސްގަނެވޭ ކަންތަކާއި އެއްޗެއްސާ ދޭތެރޭ ހިތްހަމަޖެހުމާއި އިންސާނުންގެ ވިސްނުމުން ބޭރުގައިވާ ކަންތަކާ ދޭތެރޭ ޖެހިލުން ވުމަކީ އެ އިންސާނާގެ ތަބީޢަތުގައި ލައްވާފައިވާ ސިފައެކެވެ.                                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް