މެލޭޝިޔާގެ ޔޫތު ޕާރޓީ ސަރުކާރާ ދުރަށް

Loading

September 14, 2023
profile
Facebook
Twitter
WhatsApp

ކުއާލާލަމްޕޫރުން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މެލޭޝިޔާގެ ޒުވާނުން ތަމްސީލު ކުރަމުންގެންދާ ސިޔާސީ ޕާރޓީ ޔުނައިޓެޑް ޑިމޮކްރެޓިކް އެލަޔަންސް ( މުޑާ ) އިން އަންވަރު އިބްރާހިމްގެ ސަރުކާރުންވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރަމުންގެންދާ ކަމަށް ތުޙުމަތުކޮށް އެ ސަރުކާރާއެކު ބައިވެރިވެފައިވާ ބައިވެރިވުމުން  ވަކިވެއްޖެއެވެ. 

އެ ޕާރޓީން ހާމަކޮށްފައިވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު އަޙުމަދު ޒާހިދު ޙަމީދީގެ މައްޗަށް ކުރެވުނު ގިނަ އަދަދެއްގެ ކޮރަޕްޝަންގެ މައްސަލަ އޮއްބާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ އަންވަރުގެ ސަރުކާރު އުފެއްދުމަށްޓަކައި ޙަމީދީ ކުރިން ހުންނެވި ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަންގެ ބައިވެރިވުން ބޭނުންވާތީ ކުރެއްވި ކަމެއް ކަމަށްވެސް ތުޙުމަތު ކުރެއެވެ.

ޔުނައިޓެޑް މެލޭ ނޭޝަނަލް އޯގަނައިޒޭޝަންގެ ސަރުކާރަކީ ކޮރަޕްޝަން ހައްދުފަހަނަޅާ ދިޔަ ސަރުކާރެއް ކަމަށް 2018 ގެ އަހަރުތަކުގައި ވަރަށް އަޑުގަދަވެގެން ދިޔައެވެ. އަދި އެ ސަރުކާރުގެ ބޮޑުވަޒީރު ނަޖީބު ތުން ރައްޒާގު މިހާރު ހުންނެވީ އެތައް މިލިއަންޑޮލަރެއްގެ ވައްކަން ޝަރީއަތަށް ސާބިތު ކުރެވިގެން 12 އަހަރުގެ ޖަލު ޙުކުމެއްގައި ޖަލުގައެވެ. 

އެހެންނަމަވެސް އެ ސަރުކާރުގެ ކޮރަޕްޝަންތަކުގައި ޒާހިދު ޙަމީދީގެ ބައިވެރިވުން އެއްވެސް ވަރަކަށް ނޯންނާނެކަމަށް އެމަނިކުފާނު ގެންދަވަނީ ހަރުއަޑުން ވިދާޅުވަމުންނެވެ. ޕާޓީ މުޑާއިން އިތުރަށް ބުނެފައިވާގޮތުގައި ކޮރަޕްޝަންގެ މައްސަލަތައް މިގޮތަށް އޮއްބާލުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރި ވަޢުދުތަކާވެސް މުޅީން ޚިލާފް ވުން ކަމަށާއި އަދި ގާނޫނާއި ގަވަޢިދުތަކަށް ފައިން އަރަނީކަމަށާއި މިއީވެސް ސަރުކާރުގެ އިދާރާތަކުން އަދިވެސް ކޮރަޕްޝަންގެ ކުލަތައް ފޮހެވިގެން ނުދާކަމުގެ ދަލީލެއް ކަމަށެވެ.

އެހެންނަމަވެސް އަންވަރު އިބްރާހިމް ވިދާޅުވަމުން ގެންދަވަނީ މައްސަލަތަކުގައި ޝަރީއަތް ކުރަން ނުފެންނަކަމަށް ކަނޑައެޅުމަކީ އެމަނިކުފާނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށެވެ.              

ޒުވާނުން ތަމްސީލުކުރާ މުޑާއަށް ޕާރލަމެންޓުގައި ލިބިފައިވަނީ ހަމައެކަނި އެންމެ ގޮނޑިއެކެވެ. އެހެންވީމާ އެޕާރޓީން ސަރުކާރާއިދުރަށްދިއުމަކުން އަދި ސަރުކާރުގައި ހިމެނޭ ބައިވެރިންނަކަށް އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް އިސްލާޙީ މަގްސަދުގައި ކަމަށްބުނެ ޕާރލަމެންޓުގައި ގާނޫނުތަކާއި ކުޅެން ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ހަމަކުރުމުގައި ހުރަސްތަކެއް ކުރިމަތި ވެދާނެއެވެ. މުޑާގެ ތުޙުމަތު ތަކަށް ބޮޑުވަޒީރުގެ އޮފީހުން މިހާތަނަށް ރަސްމީގޮތުން ވާހަކަ ދައްކަވާފައެއް ނުވެއެވެ.                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް