ޑރ.މުޢިއްޒު މާދަމާ އަރިއަތޮޅަށް, ސެމްބެ ހުވަދުއަތޮޅަށް

Loading

September 13, 2023
profile
Facebook
Twitter
WhatsApp

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ އަރިއަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ.މުޢިއްޒުގެ އިންތިޚާބީ އެެޖެންޓް މުޙައްމަދު ޠޮލާލް ވިދާޅުވީ އއ.އަތޮޅާއި އދ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ޑރ.މުޢިއްޒު މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ކަމަށް ޠޮލާލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ.މުޢިއްޒުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މާދަމާ ގދ.ވާދުއާއި ފަރެސްމާތޮޑާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޠޮލާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޙުސައިން އެނބުރި މާލެ ވަޑައިގަންނަވާނީ ހުކުރު ދުވަހު މެންދުރު ކުރީގައެވެ.

މިއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ޑރ.މުޢިއްޒާއި ޙުސައިން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް