ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

Loading

September 12, 2023
profile
Facebook
Twitter
WhatsApp

މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.

ފުވައްމުލަކު ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓި ހިނގި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އާދިއްތަ ދުވަހު މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ވަނީ އޭނާ ނިޔާވެފައެވެ.

ނިޔާވީ ފުވައްމުލަކު ދެބުދާރުގޭ އިސްމާޢީލް ޙަސަން (30 އ) އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި ވެސް ވަނީ ފިރިހެނަކު ނިޔާވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް