ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދާން އެމްއެންޕީއިން ނިންމައިފި

Loading

September 12, 2023
profile
Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލުގައި 37 މެންބަރުގެ ވޯޓާއެކުއެވެ.

“މިރޭ ބޭއްވުނު އެމްއެންޕީގެ ގއުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކީ މަޝްވަރާ ކުރިއަށް ގެންދިއުން ކަމަށްވާތީ އެމްއެންޕީގެ ލީޑަރޝިޕްއިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި“ އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓުގައިވެއެވެ.

މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއެކު ކުރިއަށްދާން ނިންމި ފުރަތަމަ ޕާޓީއެވެ.

ޑރ.މުޢިއްޒު ރޭ ވަނީ އެކުގައި ކުރިއަށް ދިއުމަށް ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވައިފައެވެ.

އެމްއެންޕީން ޑރ.މުޢިއްޒާއެކު ކުރިއަށްދާން ނިންމިއިރު އެ ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް ލިބިވަޑައިގަތީ 1907 ވޯޓެވެ. ނަމަވެސް އެމްއެންޕީގައި 9000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް